ނަވާރަސަތޭކަ ފަސްދޮޅަހުގެ ތެރޭ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އިންޑިއާގެ ފިލްމީ ތަރި މުމްތާޒް ދާދިފަހުން ޕާކިސްތާނުގެ ގިނަ ފަންނާނުންއާ އެކު ނާގަފާއިވާ ފޮޓޯތަކެއް އާއްމުކޮށްފިއެވެ.

މުމްތާޒު ދާދިފަހުން ޕާކިސްތާނަށް ކުރި ދަތުރެއްގައި ހާއްސަ އިސްކަމެއް ދިނީ އިންޑިއާގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމީ ތަރިންނާ ލަވަކިޔުންތެރިންނާ އެކު ވަގުތު ހޭދަކުރުމަށެވެ.

ޕާކިސްތާނުގެ ފިލްމީ ތަރި ކަމަށްވާ ފަވާދު ޚާން، ލަވަކިޔުންތެރިޔާ، ރާހަތު ފަތޭހް އަދި ގުލާމު އަލީ ފަދަ ފަންނާނުންނާ އެކު މުމްތާޒު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރުމާ އެކު އިންޑިއާގައި ތިބި މި ފަންނާނުންގެ ސަޕޯޓަރުންނަށް ނުހަނު ބޮޑު އުފަލެއް ވަނީ ލިބިފައެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަކިޔައިދީފައިވާ ރަހަތު ފަތޭހްގެ ހާއްސަ މިއުޒިކް ޝޯވްއަކަށް މުމްތާޒު ދިޔަ ކަމަށާއި މަޝްހޫރު ލަވަކިޔުންތެރިޔާ ގުލާމް އަލީގެ ގޭގައި ބޭއްވި ހާއްސަ މިއުޒިކް ޕާޓީއަކަށް ދައުވަތު ލިބުނު ކަމީ ނުހަނު ބޮޑު އުފަލެއް އިހުސާސްވި ކަމެއް ކަމަށް މުމްތާޒް ވަނީ ސިފަކޮށްފައެވެ.

ކުރީގެ ފިލްމީ ބަތަލާ މަުމްތާޒުގެ އެހާރާއި މިހާރުގެ ފޮޓޯއެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ދާދިފަހުން މުމްތާޒް ވަނީ ކުރީގެ ބައެއް ފިލްމުތަކުގައި އެކީގައި މަސައްކަތް ކުރި ކުރީގެ ފިލްމީ ތަރި ޒީނަތު އަމަންގެ އިންސްޓަގްރާމް ޕޯސްޓަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އާއްމުންގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ޕޯސްޓަކީ ޒީނަތުގެ އިންސްޓަގްރާމް ފޮލޯވަރުންނަށް ކައިވެނީގެ ކުރިން ލޯބިވެރިޔާއާ އެކު ވަގުތު ހޭދަކުރުމުގެ މުހިއްމުކަމާ ގުޅިގެން ކުރި ޕޯސްޓަށް މުމްތާޒު ރައްދު ދީފައިވާ ޕޯސްޓެކެވެ.

މުމްތާޒްގެ އިތުރުން ކުރީގެ ބަތަލާ ސާއިރާ ބާނޫ ވެސް ވަނީ ޒީނަތުގެ މި ޚިޔާލާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ.