29 Apr 2024, 09:23
"ފިކުރުބޮޑުވުމާއި މާޔޫސްކަމުގެ ތެރޭގައި ތިބާގެ ނަފުސް ހަލާކުވެގެން ދިޔަނުދޭށެވެ. ދުނިޔެއަކީ ކުރު އަދި ވަގުތީ މަންޒިލެކެވެ. ލޯބިވާ އެންމެނާއި އެއްޗެއް ދޫކޮށްލާފައި ހުސްއަތާ ދާން ޖެހޭ ދުވަހެއް އަންނާނެއެވެ. ކިތަންމެ ބޮޑު މޮޅިވެރިކަމެއް އަދި މުސީބާތެއް ދިމާވިޔަސް އެކަމެއް ފިލާ ހިނގައިދާނެއެވެ.ﷲގެ ރަހުމަތުން އުއްމީދު ކަނޑައިނުލާ ހިތްވަރާއެކު ކުރިއަށް ދާށެވެ."
***
"އަހަރެން މަދީނާ އާއި ހަވާލު ކުރީ މަދީނާ މި ދުނިޔެއަށް އުފަން ވީއްސުރެން....އަހަރެން ނޫނީ މަދީނާ ރަނގަޅަށް ދަންނާނެ މީހެއް މި ދުނިޔެ އަކު ނުހުންނާނެ. ހުރިހައި އުފަލެއް....ދެރައެއް....ރުޅިއެއް....ހިތާމައެއް....އަހަރެން ދެކެފިން.....އަދި މަދީނާ ދެކެ ލޯބި ވެސް ވެވިއްޖެ...." އުވެއިސް ގެ ހިތް ބަންޑުންކުރިއެވެ. މަދީނާ ގެ ލޯ ވީ ޝަކުވާ އިން ފުނި ޖެހިފައެވެ. މަދީނާގެ ހާލު އުވެއިސް އަށް ރަނގަޅަށް އެނގޭ ހިނދު އެހާ އަނިޔާ ދިނީ ކީއްވެބާއޭ ހިތް ސުވާލުކުރިއެވެ.
"އަނިޔާ ދިނީ އަހަރެން ބޭނުންވެގެންނެއް ނޫން....އެއީ މަޖްބޫރެއް. އެއީ މަދީނާގެ ކުށެއް ވެސް ނޫން...." އުވެއިސް އަށް ހަކީމުގެ ނަން ގަންނަން އުނދަގޫވިއެވެ.
"ދެން ކާކު؟" މަދީނާ އަށް ސުވާލުކުރެވުނެވެ. އަދި އެވަގުތު ކެނާން ދޮރު ހުޅުވާލިއެވެ. އެއާއެކު ކެނާންގެ މޫނަށް ވައި އެޅިގެން ދިޔައެވެ. އެ ވައިރޯޅި ބެލްކަނީން ބޭރަށް ދެމިގެން ދިޔައެވެ. މަދީނާގެ މޫނު މަތީން ފެންނަމުން ދިޔަ ހާސްކަން ފާޅުވީ ކޯތާފަތް ވެރިވި ރަތްކުލައާއެކުގައެވެ.
" ކިހިނެއް ވީ؟ކަމެއް ވެފަތަ؟" ކެނާން މުޅި ކޮޓަރި ތެރެ އަށް ނަޒަރު ހިންގައިލިއެވެ. ބެލްކަނީ ގެ ދޮރު ހުޅުވިފައިވާ ގޮތާއިމެދުވެސް އިންތިހާއަށް ހައިރާންވިއެވެ. އޭނަ ހިނގައިގަތީ އެދިމާލަށެވެ.
"ކަމެއް ނުވޭ..." މަދީނާ އަވަހަށް ތެދުވެގެން ގޮސް ކެނާން ފަހަތުގައި ހުއްޓުނެވެ. "ކިހިނެއް މި ދޮރު ހުޅުވުނީ؟އަޖާއިބެއް...ގައިމު ރޭގަ ބެލިއިރު ހަމަގައިމުވެސް ބޭރުން ތަޅު ލާފަ އިނީ..." ކެނާން މުޅި އެތަން ހޯދައިލިއެވެ.
" ނޫނޭ. ކުޑޫ. ބޭރުގައި ތަންޑު އެހެން ޖައްސާފައި ހުއްޓަސް ތަޅު ނުލައި ހުރީ...ބައެއް ފަހަރު މި ދޮރު ހުޅުވަން އުނދަގޫ ވޭ ތަޅުނުލާ ހުއްޓަސް..." މަދިނާ ވަރަށް އަވަސް އަރުވާލުމާއެކު ކެނާން އަށް ވިސްނަދޭން ބޭނުންވިއެވެ. މަދީނާ އެހާ ކަންބޮޑުނުވުމަށް ކެނާންވެސް އެދުނެވެ. އެއީ ހަމަ ހީވި ހީވުމެއް ކަމަށް ނިންމައި ދެމީހުން ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް ބަދިގެ ފަރާތަށް ޖެހިލިއެވެ.
ކެނާން މިސްކިތުން ގެޔަށް އައި މަގުމަތީގައި ބޭކަރީ އިން ހެދިކާ ކޮޅެއްވެސް ގަނެލިއެވެ. ދެމީހުންނަށް ހޫނު ކޮފި ތަށްޓެއް ހަދާލަން ހުރި އިރު މަދީނާގެ ހިޔާލުތައް ހިސާރުކޮށްލާފައި ވީ އުވެއިސް އެވެ. ކެނާން ދައްކާ ގިނަ ވާހަކަތައް ތަކުރާރުކުރަން ޖެހުނުލެއް ގިނަކަމުން ވިސްނަނީ ކޮން ކަމަކާއި މެދު ތޯ ކެނާން ސުވާލުކުރިއެވެ.
" ކަމެއްވީތަ؟ހާދަ ގެއްލިފަ ތިހުންނަނީ. އަދިވެސް ނިދި އައިއްސަ ދޯ....ކުޑަބެ އަށް އޯކޭ އޭ މަދީނާ ނިދާލަން ދިޔަސް...."
"ނޯ...އައިމް ވޮންޑަރިންގ....ލޯބިވާ މީހަކު އަނިޔާއެއް ދީފާނެބާ.....މިބުނީ ލޯބިވަންޏާ މަޖުބޫރީ ހާލަތެއްގައިވެސް ލޯބިވެރިޔަކަށް އަނިޔާ ލިބޭ ފަދަ ކަމެއް ކޮށްފާނެތޯ..." މަދީނާގެ ހިތުގައިވި އުދާސް ބޭރުކޮށްލެވުނެވެ. ކެނާން އަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކަށް އިނދެވުނީ މަދީނާގެ ފަރާތުން ނީވޭ ފަދަގޮތަކަށް ފިކުރު ބޮޑުވުމާއެކު އެފަދަ ވާހަކައެއް ހިއްސާކުރުމުންނެވެ.
" ތި ހާދަ އެހެން ކަހަލަ ސުވާލެކޭ. މަޖްބޫރީ ހާލަތެއްގައިވެސް ލޯބިވާ މީހަކަށް އަނިޔާ އެއް ނުދޭނެ...ތި އަނެއްކާ ކާކުގެ ވާހަކައެއް..." ކެނާން ވަރަށް ހަލުވި ކަމާއެކު ބުނެލިއެވެ.
" އަ...މިބުނީ....ދޮންބެ އާއި އުރޫޖް..." ދޭނެ ޖަވާބެއް ނޭނގިފައި ހުރެފައި މަދީނާ ބުނެލިއެވެ.
"ކިހިނެއްވީ؟އުރުޖުވާން އޯކޭތަ؟މާޒް ކީއްކުރީ..." އޭނައަށް ގޮނޑީންވެސް ތެދުވެވުނެވެ.
"ނޫނޭ ހަމަޖެހިބަލަ...ކުޑޫ މިހާރު ހާދަ އަވަހަށް ރިއެކްޓް ކުރަނީ ތި...އައި ވޯޒް ދެން ހަމަ ވޮންޑަރިންގ....ދޮންބެ އަކީ ނުލާހިކު ސިނގުރުޅި އަރާ މީހެއް....އެކަހަލ ރުޅިއެއް އަންނަ ފަހަރަކުން..." މަދީނަގެ ވާހަކަތައް މެދުކަނޑައިލީ ކެނާންގެ ފުން ނޭވާ ދޫކޮށްލެވި ނިތުގައި އަތް ޖެހުމުންނެވެ.
"ރިއެކްޓް ކުރީމަ ދޯ ކުށަކަށްމިވީ....ތިފަދަ ވާހަކަ އެއް އެހެންމީހަކަށް އަޑު އިވުނު ނަމަވެސް ހަމަ އެގޮތަށް ފުންމައިގެން ތެދުވާނެ...ކިހިނެއްތަ ތި ސިކުނޑިޔަށް އެފަދަ ވަސްވާސްތައް އަންނަނީ.....ހަމަ ގައިމުވެސް މާޒް ލަވްސް ދެޓް ގާލް....އެންޑް އައިމް ޝުއަ....މާޒް ކިތަންމެ ރުޅި އަޔަސް ކޮންމެ ހާލަތެއް އައި ނަމަވެސް ވިލް ޕްރޮޓެކްޓް ދެޓް ގާލް..." އުރުޖުވާން ގެ ނަން ގަތުމަށްވެސް ކެނާން ފަސްޖެހުނެވެ. މަދީނާގެ މޫނުން ރަކި ވެފައި ހުރި ކަން ފާޅުވިއެވެ. ލަދުގަންނަނީ ދޮގުހަދަން ޖެހުމުންނެވެ.
"އެއީ ދެޓް ގާލް އެއް ނޫނޭ...އުރޫޖް އޭ...މޭއިބީ ވީ ހޭވް ޓު ކޯލް ހަ ދޮންބެ ދައްތަ ކަންނޭނގޭ..." މަދީނާ ރަކި ހުނުމުގައި ވާހަކަ ދެއްކިއެވެ. ކެނާންގެ ކޯތާފަތްވެސް ވަނީ ފިޔާތޮށިކުލައިން ދިއްލިފައެވެ. އުރުޖުވާން ގެ ޚިޔާލުތަކާއި ދުރުވާން އުޅުނަސް ކޮންމެވެސް ގޮތަކުން އެ ޚިޔާލުތަކަށް ވާސިލް ކުރުވައެވެ. އެއީ ދުވަހުގެ ހިނދުކޮޅެއްގައިވި ނަމަވެސް މެއެވެ. އަވަހަށް ހިތާ ހިތުން ޒިކުރު ކޮށްލެވުނެވެ. އަދި ނުނިޔަތެއްގައި ނަމަވެސް އެ ނަން އެ ހިތަށް އެއްވެސް ގޮތަކަށް ނާރުވަން އަޒުމު ކަނޑައެޅިއެވެ. ކެނާން ރާވާފައިވެސް އޮތީ މާޒިމް މެން އައުމުން ބޭރަށް ފުރުމަށެވެ. މިސްރުގައި ކިޔެވުމަށް އޭނައަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ކުރަން އޭނަވަނީ ނިންމާފައެވެ. ހިތުގައި އޮތީ މާޒިމް އެނބުރި އައުމާއެކު ވީހާވެސް އަވަހަކަށް ފުރުމަށެވެ.
***
އުރުޖުވާން ލެޕްޓޮޕްއިން މެއިލް ތައް ބަލަން އިނަސް ނަޒަރު ވަކިނުވެ ހުރީ އަންނަމުން އައި ނޯޓިފިކޭޝަންސް ތަކަށެވެ. ނަންބަރު ގައި ނަމެއް ނެތެވެ. ހުޅުވާލަން ހިތަށް އަރާފައިވެސް ފަސްޖެހެވުނެވެ. އެވަގަގުތު ސިއްސައިގެން ދިޔައީ މާޒިމް ގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
"ކޮބާ ކިހިނެއް އޮތި ހުރިހާ ކަމެއް..ކޮންފަރެންސް އޮތި ކޮން ގަޑިޔެއްގަ؟"
"މިރޭ ހައެއްގަ.....ހަމަ މި ހޮޓެލްގަ...ފަސް ވަނަ ފްލޯގަ." އުރުޖުވާން އަވަހަށް ޖަވާބު ދީ ނިމުމަށް ފަހު މާޒިމް އަށް ގޮވާލީ ރާގެއްލާފައެވެ."މާޒް........"
"ލައްބަ...." މާޒިމް އިސްތަށިގަނޑު ބަނދެލަމުން އުރުޖުވާން އަށް ޖަވާބު ދިނީ އެހާމެ ލޯބިންނެވެ.
"ކޮންމެވެސް ކުއްޖެއް މެސެޖް ކުރޭ އެބަ....ނޭނގޭ ކާކު ކަމެއް..ނަމެއް ނާރާ.."އެއީ ކާކު ކަން ދެނެގަންނަން އުރުޖުވާން ބޭނުންވިއެވެ.
"ކާކު ތޯ ބަލާލަބަ....މެސެޖް ތައް ވެސް..." މާޒިމް ހާސްކަމެއް ނެތި އުރުޖުވާން އަށް ބުނެލުމުން އޭނާގެ ލޯ ވިދައިލިއެވެ. ސިކުންތު ކޮޅެއްވެސް ނުނަގާ އަވަހަށް މެސެޖްތައް ބާރަށް ކިޔަންފެށިއެވެ.
" އޮން ދަ ވޭއި.... ސީޔޫ ސޫން...ހާޓް އިމޯޖީ..." ފަހު މެސެޖް ކިޔާލީ ވަރަށް އުނދަގޫ ކަމާއެކުއެވެ.
" އެއީ ފަރަހް....." މާޒިމް ވަރަށް ފޫހިވެފައި އެއީ ކާކުކަން ހާމަކުރިއެވެ. އަދި ފަރަހް މިކޮޅަށް އަންނަންޏާ ހަގީގަތުގައި މާޒިމް ކޮންފަރެންސަށް ދިޔުމުގެ މާ ބޮޑު މާނައެއް ނެތް ކަމަށް ގަބޫލުކުރެވުނެވެ.
" އެހެންވިއްޔާ އަވަހަށް ހިނގާ ލުސާން އަށް ދަމާ....ފަހަދް ނުވެސް ބުނޭ ވިއްޔާ....ފަހަދް އަށް ގުޅާލާނަން.." މާޒިމް އަވަސް ވެގަތީ ފަހަދް އަށް ގުޅުމަށެވެ. އަދި ވީހާ އަވަހަށް ލުސާންއަށް ފުރަން ބޭނުންވިއެވެ. މި ދަތުރު މުޅިން ޚާއްސަކުރަން ބޭނުންވެފައިވީ ވެސް އުރުޖުވާން އަށެވެ.
" އެހެން ކަމަކު ނުދާނެއެއްނު...ކޮނަފަރެންސް އަށް އައިސް..." އުރުޖުވާން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް މާޒިމް ގެ ޝަހާދަތް އިނގިލި އެ ތުންފަތުގައި ޖެއްސިއެވެ. އަދި އަނެއް އަތުން ފޯނު ކަންފަތުގައި ޖަހައގެން ހުރީ ފަހަދް އަށް ގުޅުމަށް ފަހުއެވެ.
" ފަރަހް އަންނަ ވާހަކައެއް ނުބުނެއެއް ނު.....ފަރަހް އަންނަންޏާ އަސްލު އައިމް ނޮޓް ނީޑެޑް....އެހެން ނޫނަސް އެންމެ ރިޕްރެޒެންޓޭޓިވް އަކަށް އެމީހުން ބަދަލުވެސް ކޮށްފަ އިނީ...."
" މާޒް ބޭނުންގޮތެއް....އެކަމު...ފަރަހް އެކަނި ވާނެ..." ފަހަދް ގެ އަޑުގައި ހުރީ ނިދީގެ އަސަރެވެ.
" ފަރަހް އެއީ ދެން ކުޑަކުއްޖެއް ނޫންދޯ...މިތަނަށް އެ އައީ ވެސް އެކަންޏެއް ނު....އެހެން ނޫނަސް ޝީ އިޒް ނޮޓް މައި ރެސްޕޮންސިބިލިޓީ. މިހާތަނަށް މި ދަތުރުގެ ހަރަދުތަކަށް ވާ ފައިސާ މި ޖަމާކުރަނީ އިރުކޮޅަކުން..." ފަރަހްގެ ވާހަކަ ދެއްކި ހިނދު މާޒިމްގެ މޫނު މަތީގައި ވީ ފޫހި ކަމެކެވެ. ނަމަވެސް އުރުޖުވާން ގެ ތުންފަތަށް ވެރިވި ހިނިތުންވުން އިހުސާސްކުރެވުނެވެ. އަދި ފުން ނޭވާއެއްވެސް ދޫކޮށްލިއެވެ.
" ނޫން ފޮނުވާނެ ކަމެއް ނެތް...ކޮންސިޑަ އިޓް އޭޒް އަ ގިފްޓް ފޮރޮމް..." ފަހަދް ގެ ޖުްމލަ ފުރިހަމަ ނުވަނީސް މާޒިމް ފޯނު ކަނޑާލައި ވަރަށް ޖޯޝާ އެކު އުރުޖުވާން ގެ އަތުގައި ހިފިއެވެ.
" ވީ އާ ގޮއިންގ ލުސާން....."
" ޔޭއި.." އުރުޖުވާން އަށް ކުޑަކޮށް ފުންމުނެވެ. މާޒިމްގެ ހިތަށް ފިނިކަން ލިބުނީ އުރުޖުވާންގެ އުފާވެރިކަމާއި ޖޯޝް ފެނިއެވެ. ދެމީހުން ވެސް އަވަހަށް ތައްޔާރުވެލައި ނިކުތީ ފޮށިތަކާއި އެކު ލުސާން އަށް ދިޔުމަށެވެ. ދާ މަގުމަތީގައި ހެނދުނުގެ ނާސްތާ އާއި ހެދުންކޮޅެއްވެސް ގަނެލަން ނިންމިއެވެ. އޭރުވެސް ތުނިކޮށް ސްނޯ ފައިބަމުންދިޔައެވެ. މާޒިމް ޗެކްއައުޓް ވާން ކައުންޓަރުގައި މަޑުކޮށްލައިގެން ހުރި އިރު އުރުޖުވާން ޖައްސައިލީ ލޮބީ ތެރޭގައި ހުރި ބޮޑު ސޯފާގައެވެ. މޭޒުމަތީ ހުރި ބޮޑު ވާސް ގައި ހުރީ އެކި ވައްތަރު މާޖަހާފައެވެ. ސްވެޓަ ކޯޓު ލައިގެން ހުރުމުން ހަށިގަނޑުގައި އަރާމު ހޫނެއް ހިފާފައިވިއެވެ. އޭނާގެ ޚިޔާލުތައް ދަތުރުކުރީ ސަބީހާ އަށެވެ. ސަބީހާ ގެއްލުމަށް ފަހު ދުވަހެއްގެ ކޮޅުންވެސް ދުނިޔެއިން އުފަލެއް ނުލިބޭނެކަމަށް ހީކުރެވުނެވެ.ނަމަވެސް މިހާ އުފާވެރި ދުވަސްތަކެއް އުރުޖުވާން ގެ ހަޔާތަށް އައީތީ ޝުކުރުކުރެވެއެވެ. މާމަވެސް ބޭނުންވާނީ އޭނަ އުފަލުގައި ހުރުމެވެ. އެވަގުތު އެ ހޮޓެލަށް ކާރެއް މަޑުކުރިއެވެ. އަދި އެ ކާރުން ފޭބި ފަރަހް ވެސް ފެނުނެވެ. އުރުޖުވާންއަށް އެ މަންޒަރު ފެނުމާއެކު މާމަގެ ޚިޔާލުގެ ތެރެއިން ނިކުމެ ޖަހާލި ވިދުވަރެއް ހެން ދުއްވައިގަނެވުނީ މާޒިމް އާއި ދިމާލަށެވެ.
" އާ ޔޫ އޯކޭ؟" މާޒިމް ގެ ކައިރިޔަށް އުރުޖުވާން ޖެހުނުލެއް ހަލުވި ކަމުން ވައި އެޅިގެންދިޔައެވެ. މާޒިލް އޭނަގެ އަތުގައި ކުޑަކޮށް ހިފާލަމުން ކުރި ސުވާލުގެ ޖަބު ދިނީ ބޮލުގެ އިޝާރާތުންނެވެ.
އުފަލުން ފޮޅެމުން އައި ފަރަހް ގެ މޫނު މަތި މިލައި ރަތް ވިއެވެ. ގައިން ވާގި ދޫވާހާ ވިއެވެ. މާޒިމް އާއި އުރުޖުވާން ގެ ގާތް ކަން ފެނިއެވެ.
"މާޒް..." ފަރަހް ގޮވައިލުމުން އުރުޖުވާންއަށް މާޒިމް ގެ މުލައްދަނޑިގައި ހިފައި ބާރުކޮށްލެވުނެވެ. މާޒިމް އަށް އެކަން އިހުސާސް ކުރެވުމުން ކުޑަކޮށް ހިނިވެސް އައެވެ. އުރުޖުވާން ގެ ހިތުގައި މާޒިމް ގެއްލިދާނެ ބިރު އޮތް ކަން އެނގޭތީއެވެ.
" އާދެވިއްޖެ ދޯ...ގުޑްލަކް ފޯ ދަ ކޮންފަރެންސް...މިހާރު ވަރަށް ލަސް ވެފަ....ޓޭކް ކެއަ....ހިނަގ ދާން ގެލިބްތެ...." އެންމެ ސިކުންތަކަށް ވެސް ފަރަހް އާއި ވާހަކަ ދެއްކުމަކަށް މާޒިމް ގެ ޝައުގެއްނެތެވެ. އަދި ފަހު ޖުމްލަ ބުނެލީ އުރުޖުވާން އަށް ލޯބިން ފުރިގެން ވާ ބެލުމަކުން ބަލާލަމުންނެވެ. ފަރަހް ގެ ދޫ ބަންދުވެ ހިތް ފަޅައިގެން ދާވަރުވިއެވެ. އަދި ހަސަދައިން ފުރިގެންވާ ބެލުމަކުން އުރުޖުވާން އަށް ލޯ އަޅާލިއެވެ. މާޒިމް އާއި އުރުޖުވާން ލޯ މަތީން ދިޔަ އިރުވެސް ފަރަހް އަށް ހުރެވުނީ ގަބުވެފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. ފޮށިތަކާއި އެއްޗިހި ހިފައިގެންދާތަން ފެނުނީ އަދި މާ ފަހުންނެވެ. ފަރަހް ގެ ރުޅި މަތަ ކުރާން އުނދަގޫ ވީ އެތަނުގެ މުވައްޒަފަކު މާޒިމް އާއި އުރުޖުވާން އަށް ތަޢުރީފް ކުރުމުންނެވެ. އޭނަ އެމީހާ އާއި ދިމާ އަށް ވެސް ހަޅޭއްލަވައިގަތެވެ. އަދި އަވަހަށް ފޯނު ކުރީ ފަހަދްއަށެވެ.
ނުނިމޭ