30 Apr 2024, 13:11
ސުކޫލު ޗުއްޓީއާ ދިމާކޮށް އައިކެއާއިން ޚާއްސަ ޕުރޮމޯޝަނެއް ފަށަން ނިންމައިފިއެވެ.
މި ޕުރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހު އެކަކުން ފެށިގެން، މުޅި މަހުގެ ނިޔަލަށެވެ.
އައިކެއާއިން ބުނީ މި ޕްރޮމޯޝަންގައި ފުރޭމް އަދި އަވި އައިނުން 30 ޕަސެންޓް އާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން އަދި މި މުއްދަތުގައި 2،000 އަށްވުރެ މަތީގެ ވިޔަފާރިއެއް ކުރައްވައިގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި ލަކީޑްރޯގެ ނަސީބުވެރި ފަރާތަކަށް ފިޔަވަޅު ރިސޯޓް މޯލްޑިވްސްއިން ދެ މީހަކަށް ދަތުރެއް ލިބޭގޮތަށް އައިކެއާއިން ވަނީ ހަމަޖައްސައިފައެވެ.
އައިކެއާ އިން ބުނީ މި ޕުރޮމޯޝަން ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭހެން އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ ކަމަށެވެ.
އައިކެއާ އިން ވަނީ މިދިޔަ ފިޠުރު އީދުގައި ވެސް ޚާއްސަ ޕުރޮމޯޝަނެއް ގެންގޮސްފައެވެ.