ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ޚާއްސަ ޕުރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި ފެށޭ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނީ އެ ކުންފުނީގެ އެހެން ޕްރޮމޯޝަންތަކާ، މި ޕްރޮމޯޝަން ވަރަށް ތަފާތު ވާނެ ކަމަށެވެ.

މިއީ މާސްޓުކާޑު މެދުވެރިކޮށް 500 ރުފިޔާއަށްވުރެ މަތީ އަދަަދަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މިގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކުރާ ފަރާތްތަކަށެވެ.

މިގޮތުން ރާއްޖޭގައި ހަދާ ޓުރާންސެކްޝަންތަކަކީ ބީއެމްއެލް މެދުވެރިކޮށް ހަދާ ޓްރާންސެކްޝަންތަކަކަށް ވާންޖެހޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދިނެވެ.

މާސްޓާކާޑުން ޕޭ ކޮށްގެން މިފަހަރު މިލިބެނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ޕްރޮމޯޝަންގައި ޗެމްޕިއަންސް ލީގު ފައިނަލް މެޗު ބަލާލަން ދިއުމުގެ އިތުރުން، ނަސީބުވެރި ފަރާތަކާ އެއްކޮށް މާސްޓާކާޑުގެ "ޕްލެޔާ މެސްކޮޓް"ގެ ދަށުން ފައިނަލް މެޗުގައި ކުޅުންތެރިންނާއެކު، ކުޑަކުއްޖަކަށް ދަނޑަށް އަރާނެ ފުރުސަތު ދެއެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭ ކުޅުންތެރިންނާއެކު ދަނޑަށް އެރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. މިގޮތުން ދަނޑަށް އަރާ ކުއްޖާއަކީ ހަތް އަހަރާއި ނުވަ އަހަރާ ދެމެދު ކުއްޖަކަށް ވާން ޖެހޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އިސްކޮޅުގައި 1.05 މީޓަރާއި 1.35 މީޓަރު ހުންނަން ޖެހޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޗެމްޕިއަންސް ލީގު ފައިނަލް މެޗު ބަލާލަން ދެކޮޅު ޓިކެޓާއި، ހުރުމާއި ޚަރަދު ކުރުމަށް ވަކި އަދަދެއްގެ ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން ބުނީ މިއީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާ އެއްކޮށް ދަނޑަށް އަރާލުމުގެ ފުރުސަތު ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ޕްރޮމޯޝަންއެއްގައި ބައިވެރިވެގެން ލިބޭ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.