މައިކްރޮސޮފްޓުގެ ހުރިހާ ކޮންސިއުމަ އެކައުންޓްތަކަށް ޕާސްވޯޑް ޖަހަން ނުޖެހޭގޮތަށް ޕާސްކީ ތައާރަފުކޮށްފިއެވެ.

ޕާސްވޯޑް ނެތް މުސްތަގުބަލަކަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުން މައިކްރޮސޮފްޓުން ވަނީ އެ ކުންފުނީގެ ހުރިހާ ކޮންސިއުމާ އެކައުންޓްތަކާއި ޚިދުމަތްތަކުގައި ޕާސްކީ ސަޕޯޓް ފުރިހަމައަށް އެނަބަލްކޮށްފައެވެ.

މައިކްރޮސޮފްޓް އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް މިހާރު ވިންޑޯޒް، އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުގައި ޕާސްވޯޑްތަކަށް ބަރޯސާ ނުވެ ސައިން ކުރުމަށް ޕާސްކީތައް އުފައްދައި ބޭނުންކުރެވޭނެ ކަމަށް ޓެކްނޮލޮޖީގެ އެންމެ ވަރުގަދަ އެއް ކުންފުނި މައިކްރޯސޮފްޓުން ބުނެއެވެ.

ޕާސްކީއިން ޑިވައިސް ބޭސްޑް އޮތެންޓިކޭޝަން ފަދަ ފޭޝަލް ރިކޮގްނިޝަން، ފިންގަޕްރިންޓް ނުވަތަ ޕިން ބޭނުންކޮށްގެން އެކައުންޓްތަކާއި ޚިދުމަތްތަކަށް ވަނުމުގައި ބޭނުންކުރާ މީހާގެ އައިޑެންޓިޓީ ކަށަވަރުކުރެއެވެ.

ޕާސްވޯޑްތަކުގެ ބަދަލުގައި މި ރައްކާތެރި، ހާޑްވެއާ ބައުންޑް ކްރެޑެންޝަލްތައް ބޭނުންކުރުމުގެ އަމާޒަކީ ރައްކާތެރި އަދި ފަސޭހަ ސައިން-އިން އެކްސްޕީރިއަންސެއް ފޯރުކޮށްދިނުމެވެ.

މައިކްރޮސޮފްޓްގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް އޮފް ސެކިއުރިޓީ، ކޮމްޕްލަޔަންސް އެންޑް އައިޑެންޓިޓީ ވާސޫ ޖަކްކަލް ވިދާޅުވި ގޮތުގައި ޑެސްކްޓޮޕާއި މޮބައިލް ބްރައުޒާތަކުގައި މައިކްރޮސޮފްޓް 365 އަދި ކޯޕައިލެޓް ފަދަ މައިކްރޮސޮފްޓް އެޕްތަކާއި ވެބްސައިޓްތަކަށް ސައިން ވުމަށް ޕާސްކީއެއް މިހާރު ބޭނުން ކުރެވިދާނެއެވެ.

ޕާސްކީއަކީ ފަސޭހަ އަދި ރައްކާތެރި ތަޖްރިބާއެއް --

މައިކްރޮސޮފްޓް އެކައުންޓަށް ޕާސްކީއެއް ސެޓްކުރުމަށް ޚާއްސަކޮށްފައިވާވެބްސައިޓަށްޒިޔާރަތްކޮށް ވިންޑޯޒް ހެލޯ ފޭޝަލް ރިކޮގްނިޝަން، ފިންގަޕްރިންޓް ސެންސަރެއް ނުވަތަ ސެކިއުރިޓީ ކީއެއް ފަދަ އެމީހަކަށް އެންމެ ކަމުދާ އޮތެންޓިކޭޝަން މެތަޑް އިޚްތިޔާރު ކުރެވޭނެއެވެ.

މި ޕާސްކީއަކީ ފިޝިން، ބްރޫޓް ފޯސް އެޓޭކް އަދި ބަލިކަށި ޕާސްވޯޑް ބޭސްޑް ލޮގިންތައް ބޭނުންކުރުން ހުއްޓުވުމަށް މައިކްރޮސޮފްޓުން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ ވިންޑޯޒް ހެލޯއާއެކު ބަޔޯމެޓްރިކް އޮތެންޓިކޭޝަން ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ.

ޕާސްކީއަކީ ބޭނުންކުރާ މީހާގެ ޑިވައިސްތަކާ ގުޅިފައިވާ އެއްޗެއް ނަމަވެސް ބެކަޕް އަދި ރިކަވަރީ އޮޕްޝަންތައް އެބަހުއްޓެވެ.

ޕްރައިމަރީ ޑިވައިސްއެއް ގެއްލިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެ ނަމަ ފޯނު ނަންބަރު ނުވަތަ ހާޑްވެއާ ސެކިއުރިޓީ ކީ ފަދަ ސެކަންޑަރީ ޗެނަލްތައް މެދުވެރިކޮށް ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ރީ އޮތެންޓިކޭޓް ކުރެވޭނެއެވެ.