އުރީދޫން މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް މޫލީގައި ޚާއްސަ ސޭލެއް ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މި ސޭލް ކުރިއަށްދާއިރު، ކުޑަކުދިންނަށް ކަމުދާނެ ގިނަ އައިޓަމްތަކެއް ސޭލް މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އޭގެ ތެރޭގައި، އެޑިއުކޭޝަނަލް ޓޯއިސް، ވާހަކަފޮތް، ދަބަސް، އާޓްސް އެންޑް ކްރާފްޓްސް ސާމާނު ހިމެނޭކަން ފާހަގަކޮށް އުރީދޫން ބުނީ އެ ތަކެތީގެ ތެރޭގައި ދިވެހި އުފެއްދުންތައް ގިނަ ވާނެ ކަމަށެވެ.

މޫލީ މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ފޮނުވައިދިނުމުގެ ޚިދުމަތްލިބޭއިރު، މޫލީއަކީ ވިޔަފާރިކުރަން ފަސޭހަ އަދި އިިތުބާރު ހުރި ޕްލެޓްފޯމެކެވެ.

މޫލީއަކީ ރާއްޖޭގައި އީ-ކޮމާސް ވިޔަފާރިކުރަން އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއް ޕްލެޓްފޯމެވެ. އަދި، މޫލީ މެދުވެރިކޮށް ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގެ އެކި ހިސާބުތަކަށް ތަކެތި ފޮނުވުމުގެ ޚިދުމަތް ވެސް އުރީދޫން ފޯރުކޮށްދެއެވެ.