06 May 2024, 20:06
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް 18 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދަން އިއުލާނު ކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު ހަވީރު ގެޒެޓު ކުރި އިއުލާނެއްގައި ވަނީ، މި ވަޒީފާއަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 21ވަނަ ދުވަހު މެންދުރު 02:00 ކަމަށެވެ. ފޯމު ހުށަހަޅާނީ ކަސްޓަމްސްގެ ވެބްސައިޓްގައިވާ "" މެދުވެރި ކޮށެވެ.
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރެއްގެ ޝަރުތުތަކުގެ ތެރޭގައި:
ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން (ޑީ) ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި (ދިވެހި) މާއްދާއިން ދަށްވެގެން (ސީ) ފާސް ލިބިފައިވުން.
ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން
މި ވަޒީފާއަށް އެދި ހުށަހަޅާއިރު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ހިމެނެއެވެ.
ގެޒެޓުގައިވާ އިއުލާނުގައި ވާގޮތުން، މި މަގާމުތަކަށް ހޮވޭނީ 18 އަހަރާއި 30 އަހަރާދެމެދު މީހުންނެވެ. އެގޮތުން އުމުރުފުރާ ބަލާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވަޒިފާއާ ގުޅޭ އިތުރު މައުލޫމާތު 3003499 ނުވަތަ 3322001 އަދި ދިވެހި ސަރުކާރުގެ ލިބޭނެއެވެ.