12 May 2024, 23:46
ކުޑަކުދިންގެ ދުވަހާ ދިމާކޮށް، ޓްރީޓޮޕް ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ ކުޑަކުދިންގެ ހަވީރު ކާމިޔާބުކަމާއެކު ނިންމާލައިފިއެެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހައަކަށް ހުޅުމާލޭ، ރުއްގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ، މި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ބައިވެރިވިއެވެ.
މިގޮތުން ކުޑަކުދިންގެ ހަވީރުގައި ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކުޑަކުދިންނަށް ޚާއްސަ ބޭސިކް މެޑިކަލް ޗެކްއަޕް އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަފާތު އެކި ކުޅިވަރުތައް އެދުވަހުގެ އިވެންޓުގައި ބޭއްވިއެވެ.
މީގެ އިތުރުން މި އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބޭއްވި ގުރުއަތުލުމަކުން ހޮވުނު ތިން ފަރާތެއްގެ ތެރެއިން:
އެއް ވަނައަށް ހޮވުނު ފަރާތަށް: ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" ހިލޭ
- ދެވަނައަށް ހޮވުނު ފަރާތަށް: ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" އިން 25 ޕަސެންތް ޑިސްކައުންޓް
- ތިން ވަނައަށް ހޮވުނު ފަރާތަށް: ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް"އިން 15 ޕަސެންޓް ޑިސްކައުންޓް
ޓްރީޓޮޕްއިން ބުނީ މުޖުތަމައުގައި ސިއްހީ ދުޅަހެޔޮކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މިފަދަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމާމެދު އުފާކުރާ ކަމަށެވެ.