ކަސްޓަމަރުން ބޭނުންވާ ބްރޭންޑެއް އަދި ބޭނުންވާ ކުލައެއްގައި ކާރެއް، އެގްރިމެންޓް ކުރެވިގެން 45 - 90 ދުވަހުގެ ތެރޭގައި ގެނެސްދޭނެ ކަމަށް ކާރު އެމްވީއިން ބުނެފިއެވެ.

ކާރު އެމްވީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދު އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުންގެންދާ ކުންފުންޏެކެވެ.

އެ ކުންފުނީން ބުނެފައިވަނީ އެއްވެސް ޑެމޭޖެއް ނެތި 45 - 90 ދުވަސް ތެރޭގައި އެ ކުންފުނިން އުޅަނދުތައް މާލެ ޕޯޓަށް ގެންނަ ކަމަށެވެ. ކާރު ގެނައުމުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކޮށްދިނުމަށް، ކަސްޓަމަރުން އެހީތެރިކަން ބޭނުންވާނަމަ، ރެޖިސްޓެރޭޝަންގެ ކަންކަމުގައި އެހީތެރިކަން ފޯރުކޯށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނީގެ ހީވާގި ޓީމުން ވަނީ ދީފައެވެ.

ކާރްއެމްވީ: މިއީ ހެޔޮ އަގުގައި ކާރު ގަތުމަށް ރަނގަޅު ޗޮއިސްއެއް-- ފޮޓޯ: ކާރުއެމްވީ

އެ ކުންފުނީން ބުނެފައިވަނީ ކަސްޓަމަރާއެކު ވެފައިވާ އެގްރިމެންޓުގައި ކަނޑައަޅާފައި އޮންނަ ތާރީޚަށްވުރެ ޝިޕިން ލަސްވެއްޖެނަމަ، އޭގެ ބަދަލު ކަސްޓަމަރަށް ދޭނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނީން ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް އުޅަނދުތައް ވިއްކުމުގައި ޚާއްސަ ޕްރޮމޯޝަނަކާއި ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. މި ކަމާ ގުޅޭ އިތުރު މައުލޫމާތު، ކާރު އެމްވީގެ ސޯޝަލް މީޑިއާގައި ފްލެޓްފޯމުތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށް އެ ކުންފުނީން ބުނެއެވެ.

މި ޕްރޮމޯޝަންތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށާއި، އުޅަނދު ބެއްލެވުމަށް ކާރު އެމްވީގެ ކަސްޓަމާ ސާވިސް ނަންބަރު 4006777 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް އެ ކުންފުނިން އެދެއެވެ.

މީގެ އިތުރުން ވައިބާ އަދި ވަސްޓްއެޕް މެދުވެރިކޮށް 9666179 މެސެޖު ކޮށްގެންނާއި، އެ ކުންފުނީގެ ފޭސްބުކް ޕޭޖު، އިންސްޓަގްރާމް އަދި ޓިކްޓޮކްއިން މުއާސަލާތު ކުރެވޭނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

ފުޅާ ދާއިރާއެއްގައި ކާރު ޑީލާޝިޕްގެ ވިޔަފާރި ކުރާ ކާރު އެމްވީއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދާފައެވެ. އެ ކުންފުނީން ވެހިކަލް ގެނެސްދެނީ އެއްވެސް މައްސަލައެއް އަދި ގެއްލުމެއް ނެތި، ރާއްޖޭގެ މާކެޓާ އަޅާބަލާއިރު، ހެޔޮ އަގެއްގައެވެ.