15 May 2024, 00:35
މޫސުން ގޯސްވެ، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ ސަލާމު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މި ރޭގެ 22:45އިން ފެށިގެން 02:45ގެ ނިޔަލަށެވެ.
މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭތީވެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހޯމަ ދުވަހުގެ ރޭ 04:00 އެހާކަންހާއިރު ހއ. ދިއްދޫގެ ހަ ގެއެއްގެ ފުރާޅު ވެސް ވަނީ ވަޔަށް އެއްލައިލާފައެވެ. އެހެން ގެތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު، މިއީ ސުކޫލު ބަންދަށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން، މި ދުވަސްވަރު ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ ކުރިން ވެސް އިލްތިމާސްކޮށްފައެވެ.