ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ހަށިކޮޅަށް ބަޑިޖަހައި، ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

ސްލޮވާކިއާގެ ޓީވީގެ ސްޓޭޝަނަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފީކޯއަށް ހަމަލާ ދިނީ ގައުމުގެ ވެރިރަށް ބްރަޓިސްލާވާއާ 93 މޭލު ދުރުގައި އޮންނަ ހާންޑްލޯވާގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަން އުޅުއްވަނިކޮށެވެ.

ބޮޑުވަޒީރުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުގައި ހިއްސާކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެއްގައި ފީކޯގެ ހަށިކޮޅަށް ވަޒަންތަކެއް އަރައި، ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ވަނީ ސީރިއަސްވެފައެވެ.

ފީކޯއަށް ހަމަލާ ދިން ކަމަށް ބެލެވޭ މީހާ ވަނީ ހަމަލާ ދިން ސަރަހައްދުން ހައްޔަރުކޮށްފައި -- ފޮޓޯ/ ރޮއިޓާސްފީކޯއަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ، ހަމަލާ ދިން ސަރަހައްދުން ހައްޔަރުކޮށްފައިވާ ރިޕޯޓުތަކުގައިވެއެވެ.

މިއީ ފީކޯ ސްލޮވާކިއާގެ ބޮޑުވަޒީރުކަން ކުރައްވާ ތިން ވަނަ ދައުރެވެ. މި ދައުރު މިދިޔަ އަހަރުގެ އޮކްޓޯބަރު 25ގައި ފެއްޓެވިއިރު، މީގެ ކުރިން 2006އިން 2010އަށް އަދި 2012އިން 2018އަށް އެ މަގާމު ފުރުއްވިއެވެ.