15 May 2024, 22:56
ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިވަގުތު ގެންދަވަނީ އިނގިރޭސީ ވިލާތުގައި އޮންނަ ކޮމަންވެެލްތް ޓްރޭޑް އެންްޑް އިންވެސްޓްމެންޓް އެންޑް ރައުންޑްޓެބަލް މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
އެ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޓްރޭޑް ގްރެގް ހޭންޑްސްއާ ބައްދަލުކުރައްވައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގެ މައުލޫމާތު ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދަވާނެ ކަމަށެވެ.
އަދި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
މި ދަތުރުގައި ސައީދު އިނގިރޭސިވިލާތުގެ ސަރުކާރުގެ ވެރިންނާއި ޕްރޮފެޝަނަލް ސާވިސް އިންޑަސްޓްރީގެ މަންދޫބުންނާ ބައްދަލު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.