އިންޑިއާނާގެ ދެމަފިރިއަކު 2،022 ޖިގްސޯ ޕަޒްލް އެއްކޮށްގެން ގިނިސް ވޯލްޑް ރިކޯޑެއް ހޯދައިފިއެވެ.

ޖޯން ވޯލްކްޒެކްއާއި އޭނާގެ އަންހެނުން ކައިލް ޕަޒްލް އެއްކުރަން ފެށީ 2019 ވަނަ އަހަރުއެވެ.

އޭގެ ފަހުން ޕަޒްލް އެއްކުރުމާއި، ގަތުން އަދި އެ ރޭވުމާއި ވިއްކުމަށް ވަރަށް އަވަހަށް ހިތްޖެހުނު ކަމަށް ދެމެފިރިންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރިއެވެ.

އެ މީހުން ބުނި ގޮތުގައި އެ މީހުންގެ އަތުގައި ހުރި ޕަޒްލްތަކުގެ ތެރެއިން ރާވައި ނިންމައިފައިވާ، ޕަޒްލްތަކާއި އެއްކޮށްފައި ހުރި ޕަޒްލްތަކުގެ އަދަދު އެނގޭނެހެން ނޯޓުކޮށްފައި ހުންނާނެއެވެ.

ޕަޒްލްއެއް ރާވަން ގިނަ ފަހަރު ވަރަށް ވަގުތު ނެގި ނަމަވެސް ޕަޒްލް ރާވާ މުބާރާތެއްގައި ބައިވެރިވާން ބޭނުންވާ ކަމަށް ވެސް އެ ދެމަފިރިން ބުންޏެވެ.