ޖައްވަށް ޓޫރިސްޓުން ފޮނުވުމުގައި ތަޖްރިބާކާރު ކުންފުނި "ބްލޫ އޮރިޖިން" އިން ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާވެސް ޓޫރިސްޓުން ކާމިޔާބު ކަމާއެކު ޖައްވަށް ފޮނުވައިފިއެވެ.

މަހުޖަނު އަދި ވިޔަފާރިވެރިޔާ ޖެފް ބެޒޯސް އުފައްދަވާފައިވާ ސްޕޭސް ޓޫރިޒަމް ކުންފުނި ބްލޫ އޮރިޖިން އިން މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނީގެ އާ ޝެޕާޑް ރޮކެޓުގައި ހަ ކަސްޓަމަރުން ކާމިޔާބުކަމާއެކު ޖައްވަށް އުފުލާފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހަށް ފަހު އެ ކުންފުނީގެ ފުރަތަމަ ހިއުމަން ސްޕޭސްފްލައިޓެވެ.

އެމެރިކާގެ ހުޅަނގު ޓެކްސަސްގައި ހުންނަ ބްލޫ އޮރިޖިންގެ ލޯންޗް ސައިޓުން އޮޓޮމެޓިކް އަޕް އެންޑް ޑައުން ފްލައިޓްގައި ކްރޫ ކެޕްސޫލް ގާތްގަނޑަކަށް 62 މޭލު (100 ކިލޯމީޓަރު) އުސްމިނަށް ގޮސް، އުދުއްސާލިތާ ގާތްގަނޑަކަށް 10 މިނެޓު ފަހުން ރައްކާތެރިކަމާއެކު ދުނިޔެއަށް އެނބުރި އައެވެ.

މި ހަ ޖައްވީ ޓޫރިސްޓުންނަށް ވެސް 10 މިނިޓްގެ ޖައްވީ ދަތުރުގައި ޖައްވުގެ ތަފާތު އިޙްސާސްތައް ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޖައްވުގައި ހޭދަކުރި ކުޑަ ވަގުތުކޮޅުގެ ތެރޭގައި ބަރުދަން ލުއިކަން ފަދަ ތަފާތު ތަޖުރިބާ ކުރެވުނު ކަމަށްވެއެވެ.

ދަތުރުގެ ބައިވެރިން ޖައްވުގައި ހަރަކާތްތެރިވަނީ --

ޖައްވީ އުޅަނދު ސަބްއޯބިޓަލް ސްޕޭސްފްލައިޓް، ބޯޓުގައި ދަތުރުކުރި ހަތް ފަސިންޖަރުންގެ ތެރޭގައި ހިމެނޭ އެކަކީ އެމެރިކާގެ ވައިގެ ސިފައިންގެ ކުރީގެ ޕައިލެޓެއް ކަމަށްވާ އުމުރުން 90 އަހަރުގެ އެޑް ޑްވައިޓެވެ. އެންމެ ފަހުން އޭނާ ޖައްވަށް ދިއުމުގެ ހުވަފެން ހަގީގަތަކަށް ވީ އޭގެ 60 އަހަރު ފަހުންނެވެ.

ބްލޫ އޮރިޖިންގެ ހަތް ވަނަ ފަޅުވެރިންގެ ފްލައިޓުގައި ދެން ހިމެނިވަޑައިގަންނަވަނީ ވިޔަފާރިވެރިޔާ މޭސަން އެންޖެލް އާއި ބޭންކާ ސިލްވެއިން ޗިރޮން އާއި ވިޔަފާރިވެރިޔާ ކެނެތު އެލް ހެސް އާއި އިންޖިނިއާ ކެރޮލް ޝާލަރާއި ފިޒިކްސް ޕްރޮފެސަރު ގޯޕީ ތޮޓަކުރާއެވެ.

ބްލޫ އޮރިޖިން ގްރައުންޑް ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޫސްޓާ ފެއިލްވެ، އިންޖީނު ނޯޒަލްގެ މައްސަލައެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.

މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނިން އެނބުރި އަންކްރޫޑް ފްލައިޓްތަކަށް ގޮސް ބުރާސްފަތި ދުވަހުގެ ކްރޫ ލޯންޗަށް އަލުން އަނެއްކާ ތައްޔާރުވަމުން ދިޔައެވެ.

ބެޒޯސްގެ ސްޕޭސް ވެންޗާއިން ޖައްވަށް ދަތުރުކުރާ ޓިކެޓުގެ އަގުގެ ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޓިކެޓްގެ އަގަކީ ސީޓަކަށް ގާތްގަނޑަކަށް 250،000 ޑޮލަރާއި 500،000 ޑޮލަރާ ދެމެދުގެ އަގެއް ކަމަށް ބެލެވެއެވެ. އޯބިޓަލް ސްޕޭސްފްލައިޓްތަކަށް ވުރެ އަގުހެޔޮ ނަމަވެސް މިއީ އަދިވެސް މުއްސަނދިންނަށް ހާއްސަ ތަޖުރިބާއެކެވެ.

ހިއުމަން ލޯންޗް ސިސްޓަމް އަނެއްކާވެސް އޮޕަރޭޓްކުރަމުން އަންނައިރު، ބްލޫ އޮރިޖިންގެ އަމާޒަކީ ރިޗަޑް ބްރޭންސަންގެ ވާޖިން ގެލެކްޓިކް ފަދަ ބިލިއަނަރުންގެ ތާއީދު ލިބިފައިވާ ވާދަވެރިންނާ އެކު ސްޕޭސް ޓޫރިޒަމް މިޝަންތަކުގެ ދަތުރުތައް އިތުރުކުރުމެވެ.