25 May 2024, 21:23
ވައިގަދަވެ ސިންދިތާ ކުރިމަތީގައި އޮންނަ ޕާކިމް ޒޯންގައި ހުރި ގަސްތަކެއް ވެރި ސައިކަލުތަކަކަށް ގެއްލުން ލިބިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ގަސްތައް ވަކިކޮށްފައި ނަގަން ފުލުހުން އެންގުމުން ކައުންސިލުން މިހާރު ގަސްތައް ނަގަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ގެއްލުން ވީ ޕާކިން ޒޯނުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަށް ކަމަށެވެ.
ފުލުހުން އެ ސައިކަލުތަކަށް ލިބުނު ގެއްލުންތައް ބަލަމުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ގަސް ވެއްޓުމާއި ބައެއް އިމާރާތްތަކަށް ވެސް ދަނީ ގެއްލުން ލިބެމުންނެވެ.
މިގޮތުން މިދިޔަ އަންގާރަ ދުވަހު ވައިގަދަވެ ވެލާނޭގޭ ކުރިމަތީގައި ހުރި ގަހެއް ވެއްޓި ދުއްވާފައި ދިޔަ ސައިކަލަކަށާއި ޕާކުކޮށްފައި ހުރި ސައިކަލަކަށް ވަނީ ގެއްލުން ލިބިފައެވެ.
ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ވިއްސާރަ ދުސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.