ސަރުކާރުން ގައުމީ ފެންވަރުގައި މިއަހަރުގގެ އަޟްޙާ ޢީދު ފާހަގަ ކުރުރުމަށް ނިންމާފައިވާ ތިން ރަށް ހާމަކޮށްފިއެވެ.

ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ބުނީ އެއީ އރ.އުނގޫފާރާއި ދ.ކުޑަހުވަދޫ އަދި ގއ.ވިލިނގިލި ކަމަށެވެ.

ރަސްމީކޮށް އީދު ފަހަގަކުރަން މި ފަަހަރު ސަރުކާރުން ނިންމައިފައި އޮތީ ތިން ރަށުގައެވެ.

ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ރާއްޖޭގެ އުތުރުން ހަތް ރަށަކާއި މެދުރާއްޖެ ތެރެއިން 10 ރަށަކާއި ރާއްޖޭގެ ދެކުނުން ނުވަ ރަށަކާއެކު ޖުމްލަ 26 ރަށަކުން ވަނީ އެވުޒާރާއަށް ޕްރޮޕޯޒަލް ހުށަހަޅާފައެވެ.

މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިފެށޭ ޖޫން މަހުގެ 17ވަނަ ދުވަހެވެ.