ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރި ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ބީއެމްއެލްގެ 41 ވަނަ އަހަރީ އާންމު ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ތިން ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

ބީއެމްއެލްއިން ބުނީ، އިންތިޚާބު ކުރި ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވާނެންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސް ގެ ފަސްވަނަ މާއްދާގެ (ނ) ގެ (8) ގައި ބަޔާންކޮށްފައިވާ އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ދައުރުގެ މުއްދަތު ޖުލައި މަހު 21 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ، ހުސްވާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަންނަ މަހު ނުވަވަނަ ދުވަހުގެ ދުވަހު ގެ 14:00 ގެ ނިޔަލަށް ބީއެމްއެލްގެ މައި އޮފީހުގެ ހަވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެ ކަމަށެވެ.

އެ ބޭންކުން ބުނީ، މަގާމަށް އެދި ހުށަހަޅާ ފޯމު ބޭންކްގެ ސެކްރެޓަރީއަށް އީމެއިލް ވެސް ކުރެވޭނެކަމަށެވެ.

މަގާމަށް އެދި ހުށަހަޅާފޯމުބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުން އަދި ބޭންކުގެވެބްސައިޓުންޑައުންލޯޑް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދިނެވެ.