އައްޑޫ ސިޓީ ނޭޗާ ޕާކަށް ލެއްގި ކޯމަހެއް ރޭ ކަނޑަށް ދޫކޮށްލައިފިއެވެ.

އައްޑޫ ނޭޗާ ޕާކުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ސިޓީގެ ގޮނޑުދޮށާއި ދިމާލުން ކޯމަހެއް ލައްގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ އިރުއޮއްސި 18:07 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ވީއެންމެ އަވަހަކަށް އެތަނަށް ގޮސް ޕާކުގެ ސްޓާފުން ގޮސް ހަރަކާތްތެރިވާން ފެށި ކަމަށާއި ކޯމަސް ތެތްކޮށް ބޭއްވުމަށް މަސައްކަތް ކުރި ކަމަށެވެ.

މިގޮތުން ކަނޑުން ލޮނު ބާލިދީތައް އަޅައިގެންނާއި ތެތް ތުވާލި ބޭނުންކޮށްގެން ކޯމަސް ތެތްކޮށް ބޭއްވުނު ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ޕޯސްޓުގައި ވަނީ، ޕާކުގެ ސްޓާފުން ކުރި މަސައްކަތުން ރޭ 19:40 ހާއިރު ކާމިޔާބުކަމާއެކު ކޯމަސް ކަނޑަށް ދޫކޮށްލެވިފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް، ކަނޑަށް ދޫކޮށްލިފަހުން ވެސް ގޮނޑުދޮށަށް ލައްގާ ފާނެތީ، އެ ސަރަހައްދު ބަލަހައްޓައި، ކޯމަސް ކަނޑަށް ދޫކޮށްލެވުނުކަން ޔަގީން ކުރަމުން އަންނަ ކަމަށް އައްޑު ނޭޗާ ޕާކުން ބުނެފައިވެއެވެ.

މީގެކުރިން ވެސް، އައްޑުއަށް ކޯމަސް ލައްގައިފައި ވެއެވެ. ހަމައެއާއެކު ސީލެއް ވެސް މީގެ ކުރިން ލައްގައިފައިވެއެވެ.