"ހައްޖުމަހަކީ ބަރަކާތުން ފުރިފައިވާ ދުވަސްކޮޅެކެވެ. ހެޔޮއަމަލުތައް ވީހާވެސް ގިނަކޮށް ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދަން ގަދަ އަޅާ މަސައްކަތް ކުރަންލިބޭ ރަނުގެ ފުރުސަތެކެވެ. ހައްޖުމަހުގެ ފުރަތަމަ ދުވަސްކޮޅުގެ ސަވާބާއި ދަރުމު ހޯދަން ފުރަތަމަ ނުވަ ދުވަހު ރޯދަހިފުން، ސުންނަތް ނަމާދުތައް ގިނަކުރުން، ޒިކުރު ކުރުން، ގުރުއާން ކިޔެވުން، އިސްތިޣުފާރުކުރުން، ސަދަގާތް ކުރުން، އާއިލީ ގުޅުން ވަރުގަދަ ކުރުން، ގޯސް އާދަތަައް ދޫކޮށްލުން، އީދު ފާހަގަ ކުރުން އަދި އުޒުހިޔާ ކަތިލުން ހިމެނެއެވެ."

***

ސަހަރްއާއި ވިލްދާން ރޭގަނޑު ކެއުމުގައި މޭޒުދޮށުގައި ތިބިއިރު ދެކެވެމުން ދިޔައީ މައިރާގެ ކައިވެނީގެ ވާހަކައެވެ. އެވާހަކައިގެ ތެރޭގައި އަހެދްގެ ނަންވެސް ގަނެވުނެވެ. ވިލްދާން ޖެހިލުންވެފައި ހުރެވެސް އަހެދްގެ މައިންބަފައިންނާއި ބެހޭގޮތުން ސުވާލުކުރިއެވެ.

"އަހެދްއަކީ ވިލްދާންގެ ގެއްލިފައިވާ ދަރިއަކަށް ވެދާނެއްނު..."ސަހަރް ސަމާސާއެއްކޮށްލިއެވެ. ވިލްދާން އަށް ޝޮކެއްލިބުނެވެ. ބަސްހުއްޓި ބަލަން އިނދެވުނީއެވެ.

"ހާދަ ސީރިޔަސް ތިވީ..."ސަހަރް ހީގަތެވެ.

"ތިކަހަލަ އެއްޗެހި ކިޔަންޏާ....."އެއޮތ ފިނީގައިވެސް ވިލްދާންގެ ނިތްކުރީގައި ދާތިކިތައް ހިލުނެވެ.

"އެހެންބުނީ އުފަން ލައް އެއްގޮތްވީމަ....."

***

ހޮސްޕިޓަލްގެ ހަލަބޮލި މާހައުލުގެ ތެރެއިންގޮސް ކެފެޓީރިއާއަށް މަައިރާ ވަނީ ހަލުވި ފިޔަވަޅުތަކުގައެވެ. ގިނައިން ބެލެނީ އަތުގައި އޮތް ޕޭޖާ އަށެވެ. އިމަޖެންސީ އެއް އަތުވެދާނެ ކަމަށް އަބަދުވެސް ތައްޔާރުގައެވެ. ކެފެޓިރިއާގެ ދިގު ކިއުގެ އެންމެ ފަހަތުގައި ހުއްޓި ހުރީ ލަސްވެފައި ހުރެއެވެ. ބަނޑުހައި ހޫނުކަމުގެ އިހުސާސް ކުރެވުނަސް ހިތް އަވަސް ވެފައިވީ އިމަޖެންސީއެއް އަތުވެދާނެ ކަމަށެވެ. ކުއްލިއަކަށް މައިރާ ސިހިފައި ފަހަތަށް އެނބުރިލެވުނީ އަތުގައި އޮތް ޕޭޖާ މީހަކު އަތުލައިގަތީމައެވެ. މޫނު ނިވާ ކުރަން ކަޅު މާސްކް އެއް އަޅައިގެން ލޮލުގެ ބޮޑުބައި ނިވާ ކޮށްފައި ހުރީ އަޅާފައި ހުރި ތޮފިންނެވެ. އެކަމަކު ނޭފަތުގައި ޖެހުނު މަޑު ލުއި ސެންޓުން އެއީ ކާކުކަން ދެނެގަންނަން ހިނދުކޮޅެއްވެސް ނުނެގިއެވެ.

" ޒަވީ......މިތާ....ސްޓޯކާ؟" މައިރާ އަށް ހެވުނެވެ. އަދި ގުދުވެލާފައި ލޯ ފެނޭތޯ ބަލައިލިއެވެ.

"ހެއި...ޝްޝް....ފިލައިގެން މިއުޅެނީ.....އެނގިއްޖެއްޔާ އަނެއްކާ މިތާ ތާށި ވާނެ....." ޒަވިޔާރު ވަރަށް ސިއްރުން ބުނެލިއެވެ.އޭނަ އަސްލު އައީ ފައިލް އެއް ބަލައެވެ. ޗުއްޓީ ނަގައިގެން ހުރުމުން އެހާ ސިއްރުން އުޅެން މަޖްބޫރުވަނީއެވެ. ހޮސްޕޓަލް ސްޓާފުންނަށް އެނގިއްޖެއްޔާ ހަމަގައިމުވެސް ނޫނެކޭ ބުނަން ނުކެރޭނޭ ވަރަށް އާދޭސްކޮށް މަސައްކަތް ޖައްސަފާނެއެވެ.

" ކޮބާ ފައިލް ލިބިއްޖެ...." ޒަވިޔާގެ އަތުގައި އެއްވެސް ފައިލެއް ފެންނާން ނެތުމުން މައިރާ ސުވާލުކުރިއެވެ.

" ފައިލް ދޯ.....މައި އަންނަ ތަން ފެނުމުން ޑިސްޓްރެކްޓް ވީ...." ތޮފި ހިއްލާލައި ލޯ އަޅާލަމުން ޒަވީ ބުނެލި މައިރާ އަށް ޖެއްސުން ކޮށްލުމަށެވެ. މައިރާ ލޯ ހިމަކޮށްލައި ކަޅި އަނބުރާލީ މަޖާ ގޮތަކަށެވެ.

" ދެން....ވީ އެގްރީޑް އެއް ނު ދެން ދިމާވާނީ ކައިވެނި ކުރާތަނުންނޭ.....މުޅި ޕްލޭން ފަނި ކޮށްލީތި...." ކައުންޓަރާއި ދިމާލަށް މޫނު އަނބުރާލަމުން މައިރާ ބުނެލިއެވެ. އަދި ކޮފީ ތަށްޓަށް ފައިސާ ދެއްކިއެވެ. ދެމީހުުުން ދެން ދިމާވާން އެގޮތައް އެއްބަސް ވެފައި ކަން ހަނދާނަށް ވެސް އައީ މާ ލަހުންނެވެ.

" ދެން މިހެން ފެނިލުން އެއީ ހަމަ އިއްތިފާގެއް.....މިހާރު މިދަނީ ދާން ވެގެން......" މައިރާ ރުޅި އައި ކަމަށް ހިތާ ޒަވިޔާ އެކަމާ ދެރަވިއެވެ. އަދި އަވަހަށް ދާން ހިނގައިގަތުމުން މައިރާ ވެސް ކުދި ފިޔަވަޅުތަކުގައި ޒަވިޔާ ފަހަތުން އައެވެ.

" ދެން އިއްތިފާގެއް ވީމަ އޯކޭ....." ޒަވިޔާ ހިތްހަމޖައްސާލުމަށް މައިރާ ބުނެލިއެވެ. ދެމީހުންވެސް ކެފެޓީރިއާއިން ނިކުމެގެން ހިނގައިގަތް ތަނުން ވަރަށް ބާރަށް ކުރި ކަނޑާލާފައި ދިޔަ މީހެއްގެ ގައިގާ އަޅައިގަތެވެ. މައިރާ ގެ ކޮފި ތަށިވެސް ބަންޑުން ނުވީ ކިރިޔާއެވެ. ޒަވިޔާ އެއްޗެކޭ ބުނަން އަނގަ ހުލުވާލަން އުޅުމުން އެމީހަކު ފަހަތަށް އެނބުރިލައި މާފަށް ވެސް އެދިފައި ވަރަށް ބާރަށް ދުވެފައި ދިޔައެވެ.

"ސިމް.....އަނެއްކާ ކިހިނެއްވީބާ......މަންމަ...." ޒަވިޔާ ހާސްވިވަރުން މުރުތަސިމްގެ ފަހަތުން ދުއްވައިގަނެވުނެވެ. މައިރާވެސް އެދިމާއަށް ދިޔައެވެ. ނަމަވެސް މުރުތަސިމް ގޯޅި އަޅާލީ އެލީޒީ ބާއްވާފައި އޮތް ވީ އައި ޕީ ވާޑަށެވެ. ޒަވިޔާގެ ފިޔަވޅުތައް ވެސް މަޑު ޖެހިލީ މުރުތަސިމް އެތާ ހުރި ބޮޑީގާޑް އާއި ވާހަކަ ދައްކަން ފެށުމުންނެވެ.

" އެތާ އެއީ ކާކު...." ޒަވިޔާ ހުރީ ވާނުވާ ނޭނގިފައި ކަހަލަ ގޮތަކަށެވެ.

" އެލީޒީ....." މައިރާ އަށް ބުނެލެވުނެވެ. ނަމަވެސް އެ ނަން ބުނެލެވުމުން އޭނަ ކުޑަކޮށް ބިރުވެސް ގަތެވެ. ޕޭޝަންޓެއްގެ ވާހަކަތައް ހިއްސާ ކުރުމަށް މައިރާ ބޭނުމެއް ނުވެއެވެ. އެއީ މައިރާ އާއި އެންމެ ގާތ މީހާ ކަމުގައި ވާނަމަވެސް މެއެވެ. އެ މައުލޫމާތަކީ އަމާނަތެކެވެ.

" އިޓްސް އޯކޭ....ޔޫ ޑޯންޓް ހޭވް ޓު ޓެލް..." ޒަވިޔާ އަށް މައިރާގެ މޫނު މަތީގެ ކުލަވަރު ކިޔާލެވުނެވެ. މައިރާ އެއީ މަސައްކަތު މާހައުލުގައި ހަމަ ނަމޫނާ އެކެވެ. މުރުތަސިމް ނިކުންނަން ދެން ޒަވިޔާ އެތާ ބޭރުގައި މަޑުކުރިއެވެ. އެހާ އަވަސް އަރުވާލާފައި ދާނީ މުރުތަސިމް އަށް ވަރަށް މުހިންމު މީހަކަށް ވާތީކަން ޒަވިޔާ އަށް ވިސްނައިގަނެވުނެވެ. އަދި އަލީޒީ ގެ ނަމާއި މެދު ވެސް ވިސްނާލެވުނެވެ. ވީ އައި ޕި ވާނީ ވެސް ކޮންމެވެސް ބޮޑު މީހަކަށް ވީމައެވެ.

އެވަގުތު މައިރާއަށް ވެސް އިމަޖެންސި ކޭސް އެއް އައުމުން ދާން ޖެހުނެވެ. ގޮނޑިބަރީގައި ޒަވިޔާ މަޑުކޮށްލައިގެން ހުރުމުން އެތަނުގެ ބޮޑީގާޑުވެސް ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. އެލީޒީ ކަހަލަ މަޝްހޫރު މީހަކު މިފަދަ ކަމެއްގައި ހޮސްޕިޓަލަށް ގެނައުމުން މިޑިޔާ މީހުން ވެސް އަންނާނެ ކަމަށް ލަފާކުރެވޭތީ ކަންނޭނގެއެވެ. އަދި ޒަވިޔާ ފޮރުވިގެން ހުރި ގޮތުންވެސް އެފަދަ ކަމަކާއި ވައްތަރީއެވެ.

***

"އެލީ...." މުރުތަސިމް އަށް ގޮވާލެވުނެވެ. އެވަގުތު އެލީޒީ އޮތީ ނިދިފައެވެ. މޫނު މަތިން ފެންނަން ހުރީ ސާފު ކަމެވެ. މޭކްއަޕް ގެ ޒައްރެއްގެ މިންވަރުވެސް ހަގީގަތުގައި އެ މޫނުގައި ބޭނުން ކުރަން ނުޖެހޭނެއެވެ. ނަމަވެސް އެލީޒީ ގެ މޫނު މޭކްއަޕް އާއި ނުލައި ފެންނަ އިރެއް މަދުވާނެއެވެ. އިސްތަށިގަނޑު ހުޅިއެއް ޖަހާފައި އޮތް އިރު އެ މޫނު މަތިން ފެންނަމުުން ދިޔައީ މައުސޫމުކަމެވެ. މުރުތަސިމް އަށް އެލީޒީ ކަމުދިޔަ ފުރަތަމަ ފަހަރު އޭނަގެ ހަނދާނަށް އައެވެ. އަދި އެލީޒީ އާއި މެދު ކުރެވުނު ކަންތަކާއި މެދު މިހާ މާޔޫސްކުރުވިއެވެ.

" ސިމް.....ޕްލީޒް ނުދޭ...." ނިދީގައިވެސް އަލީޒީ އާދޭސްކުރަމުން ދިޔައެވެ. މުރުތަސިމް ގެ ހިތް ހީވީ އެފުށް މިފުށަށް ޖެހުނު ހެންނެވެ. މިފަދަ ދެރައެއް އެހެން އިންސާކަށް ދެވުނީތީ ހިތް ބިރުވެސްގަތެވެ. އެކަމަކު ދެމީހުންގެ ދިރިއުޅުމުގެ ތަފާތުކަން ބޮޑުކަމުން އުފަލުގައި އެކީގައި އުޅެވޭނެ ކަމުގެ ފުރުސަތު ނެތީއެވެ. ނަމަވެސް މި ހިނދުކޮޅުގައި މުރުތަސިމް ހުރީ އަމިއްލަ ނަފްސު ކުށްވެރިކުރެވިފައެވެ. ކޮންމެ ގޮތެއް ވިޔަސް އެލީޒީ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް ފިޔަވަޅު ނަގާލާ ވަރު ވާނީ އިންތިހާއަށް ގޮތް ހުސްވުމުންނެވެ.

" އައިމް ސޮރީ.....ސޯ ސޮރީ" މުރުތަސިމް އަށް ބުނެލެވުނެވެ. އެވަގުތު އެލީޒީ އަށް ލޯ ހުޅުވުނެވެ. ހަގީގަތުގައިވެސް އެއީ މުރުތަސިމްގެ އަޑުކަން ޔަގީން ނުވެފައެވެ.

" ސިމް......" އެލީޒީ ގެ ހިތް ފަޅައިގެން ދާވަރުވިއެވެ. އަދި ކަރުނަތައް އެ ލޮލަށް ޖަމާވިއެވެ. އެވަގުތު ބޭރުން ވެސް އަޑެއް އިވެން ފެށިއެވެ. ހަމަނުޖެހުުންގަނޑެއް ހިނގާ ކަހަލަ އަޑެކެވެ. އެލީޒި ބިރުގަތީ އަނެއްކާ މީޑިޔާ އަށް މިކަން އެނގުނީ ބާއޭ ހިތަށް އަރާފައެވެ. ވެގެން އުޅޭ ގޮތެއް ބެލުމަށް މުރުތަސިމް ބޭރަށް ނިކުމެލިއެވެ. ދެ ބޮޑީގާޑުން ވެގެން މީހަކު ހިފަހައްޓައިގެން އުޅެނީ އެވެ.

"ސިމް....ބުނެބަލަ....ޒަވީ އޭ....." ޒަވިޔާ ހަޅޭއްލެވިއެވެ. އެވަގުތު ހޮސްޕިޓަލް ސިކުއިރިޓީންވެސް އަންނަނީއެވެ.

" ޒަވީ....." މުރުތަސިމް ވެސް ހުރީ ޝޮކެއްގައެވެ. އަދި ބޮޑީގާޑުން ކައިރީ ޒަވިޔާ ދޫކޮށްލުމަށް އެދުނެވެ.

"ސާބަހޭ.....ވާހަކަދައްކަން ވެސް ފުރުސަތު ދިނީ އެއް ނޫން.....މިތާ ޑޮކްޓަރ އެކީ މިއީ...." ޒަވިޔާ އައި ރުޅީގައި ބުނެލީ ލައިގެން ހުރި ހެދުން ރަނގަޅު ކޮށްލުމުންނެވެ. އެއިރު ސެކިއުރިޓީންވެސް ތިއްބެވެ. އެމީހުންނަށް ވެސް ޒަވިޔާ ހުރި ހާލު ފެނި ހޭން ނުކުރިފައި ތިއްބެވެ.

"ނޭނގޭނެއެއްނު ދެން.....ޒަވީ ހީވަނީ ސްޕައި އެއް ހެން ވިއްޔާ...." މުރުތަސިމް ވަރަށް ސީރިޔަސްކަމާއެކު ވާހަކަދެއްކިއެވެ.

" ގެޔަށް ގޮއްސަ ވާހަކަ ދައްކާނީ....." ޒަވިޔާ އެވަގުތު ހޮސްޕިޓަލް ޑިރެކްޓަރު ދުރުން އަންނަތަން ފެނުމުން އަވަސް ވެލީ އެތަނުން ދިޔުށެވެ. އަދި މުރުތަސިމް ވެސް އަވަހަށް ބޯ ޖަހައިލީ ޒަވިޔާ ގެ ސުވާލުތަކުން ރެކެން ބޭނުންވެފައި ވާލެއް ބޮޑުކަމުންނެވެ.

އެލީޒީ ކައިރިޔަށް ވަދެލަން ވެސް ދާންކެރުނީ ޒަވިޔާ ލޯ މަތިން ގެއްލުމުންނެވެ. ޒަވިޔާގެ އިންތިޒާރުގައި އޮތް އެލީޒީގެ މޫނު މަތިން ފެންނަމުން ދިޔައީ ހުސްކަމެވެ. މުރުތަސިމް ބޭރަށް ނިކުމެލި ވަގުތު އޭނައަށް ވިސްނެމުންދިޔައީ ކުރެވުނު ކުށުގެ ބޮޑުކަމެވެ. އަދި އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކުން އެއި ކަމުގެ ހައްލެއް ނޫން ކަމެވެ. މުރުތަސިމް އޭނާ އަށް ވާ ހަމްދަރުދީ އަކީ އެ ދެމީހުންގެ ގުޅުން ރުޖޫޢަ ކުރުމަށް ވާ ބިންގަލަކަށް ވުމަށް އޭނާގެ ހިތް ނޭދެއެވެ. ވިސްނެމުން ދިޔައީ ހަގީގަތުގައި ވެސް އޭނާ ގާތުގައި މުރުތަސިމް ހުރެދިނުމުގެ ސަބަބަކީ ވާ ލޯބި ކަމުގައި ވުމަށެވެ.

" މިއި ސިމް ގެ ފޯލްޓެްއް ނޫން....އަހަރެން މިފަދަ ކަމެއް ކުރީ އެއީ ސިމް ގެ ސަބަބުން ނެއް ނޫން....އެއްގޮތަކަށްވެސް އެކަން ބޮލުގަ ނާޅުވައްޗޭ.....ހަމަ ހެލްޕްލެސް ފީލް ވަނީ...އެނގޭ ސިމް މިއަދު ތިޔައީ މިވީ ކަމަކީ ސިމް ގެ ސަބަބުން ވީ ކަމެއް ކަމުގައި ދެކޭތީކަން..." އެލީޒީ ވާހަކަ ދެއްކީ ދެރަވެފައި ނަމަވެސް ލުއި ހިނިތުންވުމެއް އެ މޫނުގައިވިއެވެ. މުރުތަސިމް ވާހަކ ދައްކަން އަނގަހުޅުވުމުންވެސް އަތުގެ އިޝާރާތުން ހުއްޓުވިއެވެ.

" އައި ނޯ....ސިމް ބޭނުންވަނީ ވަރަށް ދީންވެރި ކުއްޖެއްކަން.....އަހަންނަކީ ހަމަ ގައިމުވެސް.....މައި ލޯޑް ވިލް ނެވަ ފޮގިވް މީ......." އެލީޒީ އަށް ރޮވުނެވެ. ދީން ވެރިވާން ބޭނުންވިޔަސް މާ ލަސްވެއްޖެ ކަމުގައި އަމިއްލަ ނަފްސަށް ހީކުރެވުނީއެވެ. އަދި މުރުތަސިމް އެދޭ ފަދަ މީހަކަށް އޭނާ ދުވަހަކުވެސް ނުވާނެ ކަމެވެ.

" ޕްލީޒް....އެލީ އަމިއްލަ ނަފުސް ތިހާ ކަޑަ ކުރާކަށް ނުވާނެ....މާތް ﷲ ގެ ރަޙްމަތް އެކަލާނގެ ކޯފާއަށް ވުރެ އިސްވެގެންވޭ.....ޕްލީޒް ޑޯންޓް ގިވް އަޕް....." މުރުތަސިމް ބޭނުންވީ އެލީޒީ އަށް ހިތްވަރުލައިދިނުމަށެވެ. އަދި އެލީޒީ އޭނާގެ އަމިއލް ނަފްސާއި މެދު އެހާ ދަށު ދަރަޖައިން ދެކޭތިވެ ހިތުގައި ވެސް ޖެހުނެވެ.

" އަސްލުވެސްތަ.....ކޭން ހީ ފޮގިވް އަ ސިނާ ލައިކް މީ....." އެލިޒީ ގެ ލޯ ދިއްލުނެވެ. އުންމީދުގެ ހުޅުކޮޅެއް އެ ހިތުގައި ރޯވިއެވެ. މާތް ﷲ ގެ މަދަދަށް އެނާގެ ނަފްސު ބޭނުންޖެހިފައި ވާލެއް ބޮޑުކަން ވިސްނައިގަނެވުނެވެ.

" ޔެސް.....ހެޔޮ ނިޔަތާއެކު ތަޢުބާ....އެކަމަކު.....މީހަކަށްޓަކާއެއް ނޫން....." މުރުތަސިމް ގެ ޖުމްލަ ފުރިހަމަ ނުވަނީސް އެލީޒީ ޖަވާބުދިނެވެ.

" މާތް ﷲ އަށްޓަކާ.....އައި ނޯ....އަހަރެން އަބަދުވެސް އުޅުނީ މީހަކަށްޓަކާ....އެކަމަކު ޝުކުރުވެރިވޭ މިފަދަ ކަމަކުންވެސް އަހަންނަށް ހެޔޮ މަގަށް ދެވުމުގެ ޗާންސެއް އޮތަތީ.....އައި ތިންކް ދިސް ޝުޑް ބީ އަވަ ފައިނަލް ގުޑްބައި....ސިމް އަހަންނަށް ތި ވިސްނައިދިނީ ވަރަށް ބޮޑު ފިލާވަޅެއް....ހިތް ހަމަ ވަރަށް ސާފު.....ސިމް އަށް ބާއްޖަވެރި ދިރިއުޅުމަކަށް އެދެން.....އަބަދުވެސް ދުޢާ ކުރާނަން....އަހަރެން ގެ ދުނިޔެ ހަގީގަތުގައިވެސް ބަދަލުވެއްޖެ....އަހަރެން ސިމް އަކަށް އިންތިޒާރެއް ނުކުރާނަން...." އެލީޒީގެ މޫނުގައިވީ ސާފު ހިނިތުންވުމެކެވެ. ހަމަހިމޭންކަމެވެ.

މުރުތަސިމް ހުރީ ބަސްހުއްޓިފައެވެ. އެލީޒީ އަށް ހަމަ ހެޔޮ ވިސްނުން ލިބުނީބާއެވެ. ގަބުލުނުކުރެވިފައި ހުރެވުނެވެ. އެލީޒީ އެދެމުން ދިޔައީ މުރުތަސިމް ދިއުމަށެވެ. އެއި ހަމަ އެނެމެ ފަހުގެ ވެދުން ކަން އެ މުނު މަތިްނ ސާފުވިއެވެ. މުރުތަސިމް ގެ ހިތަތް ބުނެދޭން ނޭނގެ ފަދަ އަސަރެއް ކުރިއެވެ. އެލިޒީ އާއި މެދު އޭނާ ވަނީ ހަގީގަތުގައި އިހްލާސްތެރިނުވެއެވެ. އެކަމަކު އެކަން ބަޔާންކުރާން މިއީ އެންމެ ރަނަގޅު ވަގުތެއް ނުނެވެ.

" ވީ މައިޓް ކްރޮސް ޕާތްސް އެގެއިން....." އަދިވެސް އެއްފަހަރު އެ ދެމީހުންގެ ހަޔާތުގެ ރާސްތާއިން ބައްދަލުވެދާނެކަމަށް މުރުތަސިމް އަށް އުންމީދުކުރެވޭ ވާހަކަ ބުނެލެވުނެވެ.

"މައިޓް...އެކަމަކު....އެދުވަހުން ސިމް އަށް އަހަރެން ވަކި ކުރަންވެސް ނޭނގޭނެ...." އެލީޒީ ހިނިގަނޑެއް ޖަހާލިއެވެ. އެލީޒީ އަތުގެ އިޝާރާތުންވެސް ހަނާ އަޅާލީ ފަހު އަލްވިދާ ކިޔާލަމުންނެވެ. މުރުތަސިމްގެ ފިޔަވަޅު ބަރުވެފައި ހުއްޓަސް ފަހަތައް އެނބުރި ހިނގާލެވުނީ ދޮރާ ދިމާއަށެވެ. ދޮރު ހުޅުވި ވަގުތު މައިރާ ކުރިމައްޗަށް ޖެހުނެވެ. މޫނު މަތީގެ މާޔޫސް ކަން މައިރާ އަށް ފޮރުވެނޭ ފަދަ ހާލަތެއްގައި ނެތުމުން ބޯ ޖަހައިލާ ނިކުމެގެން ދިޔައީއެވެ.

***

މަޣުރިބް އަށް ބަންގި ދިން އިރުވެސް އަހެދް އެ އިންތިޒާރުގައި ހުރި މީހަކު ނާދެއެވެ. ތުނިކޮށް ވާރޭ ވެހެމުންދިޔަ މަންޒަރަށް ގެއްލިފައި ހުރި އިރު ސިއްސައިގެން ދިޔައީ މީހަކު ކޮނޑުގައި އަތް ބޭއްވުމުންނެވެ.

" ޖޫ....ކަމަކު ތަ؟..." އަހެދް ގެ ކޮނޑުގައި ކޮއްޓާލީ ޖޫރީއެވެ. ޖޫރީ އާއި އެކީ ދަނީން ވެސް ހުއްޓެވެ.

" ކިހާއިރެއް ސައިބޯން ގޮވާތާ....އަހެދް ތި ހުންނަނީ ގެއްލިފަ....މީހެއްގެ އިންތިޒާރުގަތަ...." ޖުރީ މަޖާވެލިއެވެ. ދަނީން އައުމުން ޖޫރީގެ މޫޑުވެސް ރަނގަޅުވެއްޖެއެވެ. އޭރު މަޤްރިބް ބަންގީގެ އަޑު ޖެހުމުން ނަމާދު ކޮށްލައިގެން ދާނީ ކަމަށް ބުނެ ކޮޓަރި ތަޅުލިއެވެ. ޖޫރީ އާއި ދަނިން ވެސް ތިބީ އަހެދް ގެ މިޒާޖު ހުރިގޮތުން އަނެއްކާ ހުއްދަ ނުހޯދާ ކޮޓަރިއަށް ވަނުމުން ހިތްހަމަނުޖެހުނީ ކަމަށް ހިތައެވެ.

ޒަހްރާ އާއި ސަކީނާ ސޯފާގައި ތިބި އިރު ޒަވިޔާ އެއިރު ގެއަށް ވަންނަނީ އެވެ. ވަރަށް އަވަސް ފިޔަވަޅުތަކުގައި ހިނގާފައި ދިޔައީ ސަކީނާގެ ލޮލުގައި އަޅައިނުގަތުމަށް ނިޔަތް ގަނެގެންނެވެ.

"ބާލަލަ....މިއީ ހީވަނީ ޑިކްޓޭޓަރެއް ހެން..... ކާކަށް ފާރަލައިފައި ތި އައީ...." ސަކީނާ ގެ ލޮލުގައި އަޅައިނުގަނެ ދެވޭކަށް ނެތެވެ. އޭރު އަލްބާންވެސް ސިޑިން ފައިބައިގެން އަންނަނީއެވެ. ދަނީން އާއި ޖޫރި ހީ ހީ ހަލާކުވާވަރުވިއެވެ.

" ޑިޓެކްޓިވް ދޯ......އެކަމަކު ޑިކްޓޭޓަރުވެސް ގުޅޭ.....ޑޮކްޓަ ޑިކްޓޭޓަ...." އަލްބާން އަށް ހީވީ ޒަވިޔާ އާއި ދިމާ ކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ހެންނެވެ. ސަކީނާ ވާނުވާގައި ހުރުމުން އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"ހޫން...ކޮންމެ އެއްޗަކަސް....މި އަލްބާން އުޅޭނީ އަބަދުވެސް މާ މޮޅުވާން ވެގެން....އަހަރެން ވެސް އެޗްޕިޑީ ހަދަނީ އޭ މިހާރު.....ހަފްސާ މެންގެ މަންޖެ ހަދައިގެން އުޅޭ އިނގިރޭސި ކޯހުގައި ބައިވެރިވެގެން މިއުޅެނީ....." ސަކީނާ ވަރަށް ފޮނި ވެލާފައި ކިޔާލިއެވެ. އައްޒަހްރާވެސް އިނީ ހޭން ނުކެރިފައި ކަހަލަ ގޮތަކަށެވެ.

" އާނ...އަލް މިއީ މާ ބޮސް ހެދެން އުޅޭ މީހެއް.....އަޅޭ އާންޓް އާއި އެކީ އެ ކޯހުގައި ބައިވެރިވެބަލަ....އެޓްލީސްޓް ޔޫ ވިލް ހޭވް އަ ސެޓްފިކެޓް...." ޒަވިޔާ އަވަހަށް އަލްބާން އާއި ދިމާކޮށްލިއެވެ.

ޒަވިޔާ ދެކޭގޮތުން ސެޓްފިކެޓެއް ނެތުމަކީ އެއި ދެން މީހާ ވަރަށް ދަށް ކޮށްލާ ކަމެކެވެ. އަލްބާން އަށް އެ ޖުމްލަ އެކި ގޮތަގޮތުން އަޑުއިވިފައި އޮތުމުން އެއީ ކަމަކަށް ނުވެއެވެ. ރައްދުގައި ބޯޖަހައިލާ ހަމަ އެކަނި ހިނިތުންވެލިއެވެ. ނަމަވެސް އައްޒަހްރާ އަށް ޒަވިޔާ ގެ ޖުމްލަތައް އިވުމުުން ހިތްހަމަނުޖެހޭގޮތްވިއެވެ. އޭނަ ޒަވިއާރުއަށް ލޮލުގެ އިޝާރާތުން އެކަން އެންގިއެވެ.

އަލްބާން އަވަހަށް ގެއިން ނިކުމެގެން ދާން އުޅުނު ވަގުތުގައި ބަގީޗާގައި މީހަކު އުޅޭ ކަމުގެ ހިލަންވެ ބަލައިލަން ދެވުނެވެ. ކުޑަ ކުޑަ ބުޅަލެކެވެ. ބާބިލް އިނީ ކާއެއްޗިހި ހިފައިގެން އައިސް އެސޮރަށް ކާންދޭށެވެ.

"ތިއީ ޖިންނި އަކަށް ވެސް ވެދާނެ...." އަލްބާން ބޭނުންވީ ބާބިލް އާއި ވާހަކަ ދައްކާލުމަށެވެ. އެ މަންޒަރު ފެނުމުން އަލްބާން ގެ ހިތަށް ތަސައްލީ އެއް ލިބުނީއެވެ. ބާބިލް ގެ އޯގާތެރިކަމާއި އަޅާލުން ފެނިއެވެ. އެހާ ސާފު ހިތަކަށް ގެއްލުމެއް ދިނުމަށް ކެރޭނީ ހާދަ ނުލަފާ މީހަކަށެވެ.

" ޕިސް ބާބް ބިރެއް ނުގަނޭ.....އިންސާނުންގެ ތެރެއިން ވާ ޝައިތާނުން މާ ބިރުވެރި ވާނެ....." ބާބިލް ގެ ހިތުގެ ރިހުން ފާޅުކުރެވުނީ ފަހު ޖުމްލައިންނެވެ. މިރޭ އޭނާ ކުރިމަތިލާން ޖެހޭ ފަދަ އިމްތިހާނާއި މެދު ވިސްނިފައެވެ.

ނުނިމޭ