ހަތަރު މީހުންނާއެކު ޅ. އަތޮޅަށް ދަތުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

އެ ކަން ހިއްސާކޮށް އެމްއެންޑީއެފުން ފޮނުވި މެސެޖެއްގައި ބުނީ، "ލޫމް 2" ނަމަކަށް ކިޔާ ދޯންޏެއް ކ. ހެލެގިލި ކައިރިން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 20:52 ހާއިރު ކަމަށެވެ.

ހަތަރު މީހުންނާއެކު ދަތުކުރަމުން ދަނިކޮށް، މި ހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ދޯނި ޅ. އަތޮޅަށް ދަތުކުރަމުން ދަނިކޮށް ދިޔަވާ ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްގާޑް ސެކަންޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ދިޔަވި ދާ ދޯނި -- ފޮޓޯ/ އެމްއެންޑީއެފް

ފާހަގަކޮށްލެވޭ ގޮތުގައި، ށ. ބިލެތްފައްސަށް ވަންނަނިކޮށް އެ އަތޮޅުގެ ގިނަ ރަށްތަކެއް ހިމެނޭހެން މާލެ ދަތުރުކުރާ އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު ވަނީ އަޑިއަށް ދިޔުމުގެ ހާދިސާއެއް ނިމިދިޔަ ހަފުތާގައި ވަނީ ހިނގާފައެވެ.

އެއާއެކު ބޯޓު ވަރަށް ބޮޑަށް ދިޔަވާން ފަށައި، ބަނދަރާ ގާތްކުރިއިރު ބޯޓުގެ ބޮޑުބައެއް އޮތީ ފެނު އަޑިއަށް ގޮސްފައެވެ.

މި ފަދަ ހާދިސާތައް އެންމެ އާންމީ މޫސުން ގޯސް ދުވަސްވަރެވެ. ނަމަވެސް ވިއްސާރަވެ އޮތުމަށްފަހު މި ދުވަސްވަރު އަދި އޮތީ ވަރަށް އަވިދޭ ރީތި ދުވަސްކޮޅެއް ގޮތަށެވެ.