މި މަހު 15 ގައި އޮންނަ ޔޫރޯ ޗެމްޕިއަންޝިޕްއާ ދިމާކޮށް އުރީދޫއިން ޚާއްސަ ޕްރޮމޯޝަންތަކެއް މިއަދު އިއުލާންކޮށްފިއެވެ.

އުރީދޫއިން ބުނީ އުރީދޫގެ ޚާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާ އެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވާނެކަމަަށް އުއްމީދުކުރާ ކަމަށެވެ. އެ ޕްރޮމޯޝަންތަކަކީ:

1. ސޮނީ ލައިވް ޕެކްސް

ޔޫރޯ 2024އަށް ޚާއްސަ ސޮނީ ލައިވް ޕެކްތަކެއް އުރީދޫއިން ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރެއިން ޕެކެއްގައި ސޮނީ ލައިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު، 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެއެވެ.

މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވޭނެ ކަމަށާއި މި ޕެކާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗު ބެލޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ޚާއްސަ ސޮނީ ލައިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

ޔޫރޯގެ ފޯރިއާއެކު އުރީދޫއިން ހާއްސަ ޕްރޮމޯޝަންތަކެއް-- ފޮޓޯ: ނާއިޝް ނާހިދު

2. އުރީދޫ ސުޕައެޕުން ފުޓުބޯޅަ ފޯރި

އުރީދޫގެ ސުޕައެޕްގައި ޔޫރޯއަށް ޚާއްސަކޮށް 'ސްޕިން ދަ ވީލް' ތައާރަފުކުރުމުން، އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށާއި ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެ ކަމަށް އުރީދޫއިން ބުންޏެެވެ.

މީގެ އިތުރުން "ދި އުރީދޫ އެޕް" މެދުވެރިކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލްއަށް އިތުރު ޓިކެޓް ލިބޭނެ ކަމަށާއި ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

3. އުރީދޫ ޔޫރޯ ފެންޓަސީ ލީގު

ފެންޓަސީ ލީގަކީ ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ ލީގެއް ކަމުން ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

4.އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ

އުރީދޫ އިން ބުނީ "އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ" އަކީ 2-އޮން-2 ފީފާ ޕްލޭސްޓޭޝަން މުބާރާތެއް ކަމަށާއި 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާއެކު ކުރިއަށްދާނެ މުބާރާތެއް ކަމަށެވެ.

މި މުބާރާތް ޔޫރޯ ފެށުމުގެ ކުރިން ބޭއްވުމަށް އުރީދޫއިން ވަނީ ނިންމާފައެވެ.

އެކުންފުނިން ބުނީ އުރީދޫގެ ޔޫރޯ 2024ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓަމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެއް ކަމަށެެވެ.