އއ. ތޮއްޑޫގެ ހޭޅިފަށުގައި ރޯކޮށްލައިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޮއްޑޫ ބުރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި ރޯކޮށްލައިގެން ރޭ 21:29 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި މި މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ބައެއް ރަށްތަކުގައި މިގޮތަށް ތަންތަނުގައި ރޯކޮށްލައެވެ. މިދިޔަ އަންގާރަ ދުވަހު މާލޭގެ މަޖިލިސް ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ވެސް ވަނީ ރޯކޮށްލާފައެވެ.