11 Jun 2024, 12:06
ބޮޑު ޢީދު ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކޮންމެ ވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ލަފާކޮށްފިއެވެ.
ޙައްޖު ދުވަސް އަވަސްވުމާ އެކު މި އަހަރު ބޮޑު ޢީދު ވާނީ މި މަހު 16 ވާ އަންނަ އާދިއްތަ ދުވަހަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު 'ސަން'އަށް ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ވައި ބާރުވާނެ ކަމަށާއި ދެކުނު އަތޮޅުތަކަށް އެހާ ވައި ބާރުވާނެ ކަމަށް ލަފާނުކުރެވޭނެ ކަމަށެވެ. ޖުމުލަކޮށް މުޅި ރާއްޖެއަށް ވެސް ކެރީގެ އަސަރުކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެކަމަކު، ބަންދު ހަފުތާގައި ކަނޑު ދަތުރުފަތުރު ނުކުރެވޭ މިންވަރަށް ކަނޑުތައް ގަދަވާނެ ކަމަށް އަދި ލަފާނުކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި އަހަރުގެ ޙައްޖު ދުވަހަކީ މި މަހު 15ވާ ހޮނިހިރު ދުވަހެވެ. އެހެންވެ، ޢީދު އަވަސްވުމާ އެކު ސަރުކާރުން ވަނީ މި މަހު 20 ވާ ބުރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދުކޮށް ޢީދު ބަންދުގެ ތެރެއަށް ލައިފައެވެ.
އާންމުކޮށް ޢީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް މީހުން ދަތުރުކުރެއެވެ. އެހެންވެ، ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ ވެސް ނިންމައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ސަރުކާރުން ވަނީ ގައުމީ ފެންވަރެއްގައި ތިން ރަށެއްގައި ޢީދު ފާހަގަކުރަން ވެސް ނިންމައިފައެވެ. އެއީ، ރ. އުނގޫފާރާއި ދ. ކުޑަހުވަދުއާއި އަދި، ގއ. ވިލިނގިއްޔެވެ.
ސަރުކާރުން މީގެ ކުރިން ބުނީ، އެ ހުރިހާ ރަށެއްގައި ވެސް މި އަހަރުގެ ބޮޑު ޢީދު ފާހަގަކުރާނީ ސަގާފީކޮށް ކަމަށެވެ.