13 Jun 2024, 14:31
ކުރިއަށް މި އޮތް ޢީދު ބަންދުގައި ކެރީގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ލަފާކޮށް ނެރެފައިވާ ބަޔާނެއްގައި ވަނީ ޢީދު ދުވަހާ އެކު ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް ދުވަހުގެ ބޮޑުބައި މޫސުން ރަނގަޅުވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ފަސް ފޫޓާއި ތިން ފޫޓު ހުންްނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަހަރުގެ އަޟްހާ ޢީދު ދުވަހަކީ މި މަހުގެ އާދިއްތަ ދުވަހެވެ.
ސަރުކާރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރުމަށް ތައްޔާރުވެފައިވާއިރު ގިނަ ބަޔަކު ދަނީ މިހާރު ވެސް ރައްރަށަށް ދަތުރުކުރަމުންނެވެ.
ޢީދު ބަންދުގެ ގޮތުގައި ހަފުތާ ބަންދާ އެކު މި ފަހަރު ނުވަ ދުވަހުގެ ޗުއްޓީއެއް ލިބެއެވެ.