13 Jun 2024, 16:16
މި އަހަރުގެ ތެރޭގައި ސަރުކާރުން ކައުންސިލް އިދާރާތައް އިމާރާތްކޮށްދޭ 50 ރަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްވަމުން މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކައުންސިލް އިދާރާތައް އިމާރާތްކުރާ ރަށްތައް ކަނޑައެޅީ ގިނަ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
"އެގޮތަށް އަޅުގަނޑުމެން ބަލާއިރުގައި ވެސް 102 ރަށެއް މިގޮތަށް އިމާރާތްކުރަންޖެހޭ ކަމަށްވާތީވެ، އަޅުގަނޑުމެން ކަނޑައެޅީ ވަކި ކްރައިޓީރިއާއެއްގެ ދަށުން މިކަން ކުރުމަށް. މިގޮތަށް ކްރައިޓީރިއާއިން އަޅުގަނޑުމެން ކަނޑައެޅިއިރުގައި އަޅުގަނޑުމެން ބެލީ މީގެ ކުރިން ވެސް އެލްޖީއޭއިން ވެސް މައިގަނޑު ގޮތެއްގައި ބަލަމުން ދިޔަ ކަރައިޓީރިއާއަށް،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވާހަކަދައްވަނީ: މި އަހަރު ސަރުކާރުން ކައުންސިލް އިދާރާތައް އަޅައިދޭ 50 ރަށް އިއުލާނުކޮށްފި --- ސަން ފޮޓޯ/ އަމަން ލަތީފް
ސަރުކާރުން 50 ކައުންސިލް އިދާރާ އަޅައިދޭ ރަށްތަަކަކީ:
ހއ. ވަށަފަރު
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހދ. ކުމުންދޫ
- ހދ. ނޭކުރެންދޫ
- ހދ. ވައިކަރަދޫ
- ށ. ފޭދޫ
- ށ. ކޮމަންޑޫ
- ށ. ގޮއިދޫ
- ށ. ނަރުދޫ
- ނ. ހެނބަދޫ
- ނ. ޅޮހި
- ނ. ފޮއްދޫ
- ނ. މަނަދޫ
- ނ. މަގޫދޫ
- ނ. ލަންދޫ
- ރ. ވާދޫ
- ރ. ހުޅުދުއްފާރު
- ބ ކަމަދޫ
- ބ. ކުޑަރިކިލު
- ބ. ފެހެންދޫ
- ބ. އޭދަފުށީ
- ބ. ތުޅާދޫ
- ބ. ކިހާދޫ
- ޅ. ކުރެންދޫ
- ކ. ހިންމަފުށީ
- ކ. ކާށިދޫ
- ކ. ގާފަރު
- ކ. ގުރައިދޫ
- ކ. ތުލުސްދޫ
- އދ. ކުނބުރުދޫ
- އދ. މަހިބަދޫ
- އދ. ފެންފުށި
- މ. މުލައް
- މ. ދިއްގަރު
- މ. މުލި
- ފ. ފީއަލި
- ދ. ހުޅުދެލި
- ދ. ބަނޑިދޫ
- ތ. އޮމަދޫ
- ތ. ގާދިއްފުށި
- ތ. ބުރުނި
- ތ. ގުރައިދޫ
- ތ. ވޭމަންޑޫ
- ލ. މާބައިދޫ
- ލ. ކުނަހަންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގއ. ނިލަންދޫ
- ގދ. މަޑަވެލި
މިނިސްޓަރު ވިދާޅުވީ، މި މަސައްކަތަކީ ސަރުކާރުގެ ބަޖެޓުގައި ހިމެނިފައިނުވާ މަޝްރޫއެއް ކަމަށާއި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއެއްކަމުން ވަރަށް ކުޑަ ޚަރަދަކުން މަސައްކަަތްތައް ނިމިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރިން ފެށިފައި ހުރި 26 ކައުންސިލެއްގެ މަސައްކަތް އަދި މި އަހަރު ޕީއެސްއައިޕީ ޕްރޮޖެކްޓުގައި 29 ކައުންސިލެއް، އަދި 50 ކައުންސިލްގެ މަސައްކަތް ފެށިއްޖެ ކަމަށްވާނަމަ ރާއްޖޭގައި 105 ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.