މާލެ އާއި ވިލިމާލޭގައި އަޟްހާ އީދު ފާހަގަ ކުރަން ދިރާގުން މާލެ ސިޓީ ކައުންސިލާ ގުޅިއްޖެއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ދިރާގާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން ދިރާގު އީދު ބޮނޑިބަތް އަދި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އީދު ދުވަސް ކަމަށްވާ އަންނަ އާދީއްތައިގައި އާޓިފިޝަލް ބީޗުގައެވެ. އެގޮތުން ކުޑަކުދިންގެ ހަވީރުގައި އާކިމިޑީސް އާ ގުޅިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް އީދު ބޮނޑިބަތް ކުރިއަށްދާނީ އީދު ނަމާދަށް ފަހުގައި ކަމާއި މިއީ ދިރާގުން މި ހަރަކާތް ވިލިނގިލީގައި ހިންގާ ފުރަތަމަ ފަހަރުކަން ވަނީ ފާހަގަކޮށްފައެވެ.

އީދުގައި މާލޭ ސަރަހައްދުގައި ސަގާފީ ކުޅިވަރުތައް ބާއްވައި، ކުލަގަދަކޮށް ފާހަގަކުރަން ރާވާފައިވާއިރު، އީދުގެ ފުރަތަމަ ދުވަހު މި ސަރަހައްދުގައި ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.