13 Jun 2024, 23:34
ޔޫރޯ ޗެމްޕިއަންޝިޕްއާ ދިމާކޮށް އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަންތަކެއް މިއަދު ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި ޕުރޮމޯޝަންތައް މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 14ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޕްރޮމޯޝަނަކީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރައާއި އަތޮޅު ތެރޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ.
މިޕްރޮމޯޝަންގައި 15 ޕަސެންޓް އާ ހަމައަށް ޑިސްކައުންޓް ދޭން ހަމަޖެހިފައިވާއިރު ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރު ސިސްޓަމް, އަދި ހެޑްފޯންއެއްގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރެކެވެ.

އަގުހުރި އިނާމުތަކާއެކު ޔޫރޯއަށް އެސްޓީއޯގެ ޚާއްސަ ޕްރޮމޯޝަންތަކެއް--ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި ހިމެނޭ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ފައިސާ އިނާމު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލައި، އެންމެ ގިނަ ޕޮއިންޓް ހޯދާ މީހުންނަށް އިނާމުތަކެއް ދިނުމަށް ވެސް އެސްޓީއޯއިން ނިންމައިފައިވެއެވެ.
އެސްޓީއޯއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭ އިނާމުތައް:
ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް - ހޯމް ތިއޭޓަރު ސިސްޓަމެއް
- ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަ ސިސްޓަމެއް
- ކުއާޓަރު ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް – 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރު ސިސްޓަމެއް
- ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް – 65 އިންޗީގެ ޓީވީއެއް
އެސްޓީއޯއިން ބުނީ ކޮންމެ ބުރެއްގައިވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށެވެ.
މާދަމާ ފަށާ ޔޫރޯ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 14އާ ހަމައަށެވެ.