14 Jun 2024, 22:20
ކުރިއަށް އޮތް އީދު ބަންދުގައި ސެޓްލްކޯގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެކަމަށް އެ ކުންފުނިން މިރޭ ބުނެފިއެވެ.
އެ ކުންފުނިން ކުރި ޕޯސްޓެއްގައި ވަނީ، އީދު ބަންދުގައި ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށާއި އަންނަ އަންގާރަ ދުވަހުން ބުރާސްފަތި ދުވަހަށް ކޮންޓެންޓު ސެންޓަރުތަކުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
މިގޮތުން، އެ ދުވަސްތަކުގައި، ކޮންޓެންޓު ސެންޓަރުތަކުގެ ޚިދުމަތް ލިބޭނީ ހެނދުނު 8:30 އިން ރޭގަނޑު 23:00ގެ ނިޔަލަށެވެ.
އަދި، އެ ސެންޓަރުތަކުގެ ޚިދުމަތް ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި މެސެންޖާ މެދުވެރިކޮށް ހޯދުމަށްއެ ކުންފުނީގެ ވެބްސައިޓްއަށްޒިޔާރަތް ކުރުމުން ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އީދު ބަންދާއި ދިމާކޮށް ގިނަ ކުންފުނިތަކުން އަންނަނީ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނަމުންނެވެ. މިގޮތުން، މާދަމައާއި އަޟްހާ އީދު ދުވަހު ވެމްކޯއިން ވެސް ވަނީ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ގެނެސްފައެވެ.
ބޮޑު އީދާ ދީމާކޮށް މާލެ ސަރަހައްދާއި ރަށްރަތަކުގައި އަންނަނީ ސަގާފީ ހަރަކާތް ރާވަމުންނެވެ. އިއްޔެ ސުކޫލުތައް ބަންދުވުމުން، ގިނަ ބަޔަކު އަންނަނީ އީދު ބަންދާ ދިމާކޮށް އެކި ސަރަހައްދުތަކަށް ދަތުރުކުރަމުންނެވެ.
އީދު ތެރޭ އެންމެ ފޯރީގައި ހަރަކާތްތައް ބާއްވަނީ ރަށްރަށުގައެވެ. ހަފުތާއެއްހައި ދުވަހަށް ދެމިގެންދާ ހަރަކާތްތަކުގެ ތެރޭގައި ސްޓޭޖު ޝޯތަކާއި، ފެންކުޅި ކުޅުމާއި ކުލަޖެހުމުގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.