ބޮޑު ޢީދުގެ އުފަލުގައި މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެ ކަމަށް ގައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މާލޭގައި ވެސް ޢީދު ކުލަގަދަކޮށް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ.

އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރިޕޯސްޓެއްގައިބުނީ، އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އަރުވާނެ ކަމަށެވެ. ހަވާ އަރުވަން ނިންމާފައިވަނީ މިރޭ 21:00 ގައެވެ. ހަވާ އަރުވާނީ ފަސް މިނެޓު ވަންދެންނެވެ.

ހަވާ އެރުވުމުގެ އިތުރުން ވެސް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ. އެގޮތުން،

  • ކުޑަކުދިންގެ ހަވީރު

  • މާލި ޕެރޭޑް
  • ބޮޑުމަސް ބޭނު
މީގެ އިތުރުން ވެސް އިތުރު ހަރަކާތްތައް މި ފަހަރު މާލޭ ސަރަހައްދުގައި ވެސް އެބައޮތެވެ. އެގޮތުން، މާލެއާއި ވިލިމާލޭގައި ވެސް ޢީދުގެ ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ. އެގޮތުން، މިއަދު ހަވީރު މާލޭގައި ވެސް ސަގާފީ ކުޅިވަރުތައް އޮންނައިރު މިރޭ ޝޯއެއް ވެސް ބާއްވަން ވަނީ ނިންމައިފައެވެ.