17 Jun 2024, 21:31
ދިރާގުގެ ކަސްޓަމަރުންގެ ދިގު އިންތިޒާރަކަށް ފަހު، "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިރޭ ހޮވައިފިއެވެ.
ދިރާގުން އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވީ އަޟްހާ ޢީދު ފާހަގަކުރަން އެ ކުންފުނިން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ޝޯގެ ތެރެއިންނެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ ނަމްބަރުތަކުގެ ތެރެއިން ޓެސްލާ ލިބޭނެ މީހާ ހޮވައި ދެއްވީ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.
ނަސީބުވެރިޔަކަށް ހޮވުނީ ނަމްބަރު 7743350 އެވެ. އެހެންވެ، އެ ނަމްބަރަށް ގުޅައި، ކާރު ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ވަނީ އެ ނަމްބަރުގެ ވެރިފަރާތަކީ މުސްތަފާ މުހައްމަދު ކަމަށް ފަހުން ހާމަކޮށްފައެވެ.

ދިރާގުގެ ޓެސްލާ ލިބޭ ނަސީބުވެރިޔާގެ ނަމްބަރު: ދިރާގުން ވަނީ ނަސީބުވެރިޔާއާ ކާރު ހަވާލުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ބުނެފައި --
ދިރާގުން 'ވިން އަ ޓެސްލާ' ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ގައި އިއުލާންކުރި އެ ޕްރޮމޯޝަނުގައި ބައިވެރިވެވުނީ، ޖެނުއަރީ 31ގެ ނިޔަލަށް ދިރާގު ޕޯސްޓް ޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރި ކަސްޓަމަރުންނަށެވެ.
ދިރާގު ޢީދު ޝޯގައި ބައިވެރިވާ ދިވެހި ބޭންޑުތަކުގެ ތެރޭގައި:
ޑީޖޭ އަލީ
- އީކުއެޓިކް ވައިބް
- ސްކައިރޮކް
- ރެވިއޯ
- ޓްރެފިކް ޖޭމް
- ސިމްބޮލިކް ރެކޯޑްސް
މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ.
މިރޭގެ ޝޯގައި ވިމެން އެންޓަޕްރެނިއާސް އެސޯސިއޭޝަނާއި "ޝޮޓް ބެވަރޭޖަސް މޯލްޑިވްސް"ގެ އުފެއްދުންތަކާއެކު "ފުޑް ސްޓްރީޓެއް" ވެސް ބާއްވައެވެ.