25 Jun 2024, 11:04
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްބޭނިއާ އަތުން ހޯދި މޮޅާއެކު ސްޕެއިން ގްރޫޕުގެ އެއްވަނަ މަގާމާއެކު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އަލްބޭނިއާ އަތުން ސްޕެއިން މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު ސްޕެއިން ވަނީ ގްރޫޕް ބީގެ އެއްވަނަ ހޯދާފައެވެ.
މެޗުގައި ސްޕެއިނުގެ ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ 13 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޑެނީ އޮލްމޯ ދިން ޕާހަކުން ބާސެލޯނާގެ ފޯވަޑް ފެރަން ޓޮރޭޒް އެވެ.
ސްޕެއިން ވަނީ މި މެޗުގެ ކުރިންވެސް ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
އަލްބޭނިއާ މެޗުގައި ސްޕެއިނުން ޖުމުލަ 12 ހަމަލާ ފޮނުވާލިއެވެ. .
ގްރޫޕުގެ އެއްވަނަ ލިބުމާއެކު ސްޕެއިން މުބާރާތުގެ ދެވަނަ ބުރުގައި ކުޅެން ޖެހޭނީ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން މުބާރާތުގެ ދެވަނަ ބުރަށްދާ ޓީމަކާއެވެ
ސްޕޭނަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ޖަރުމަނާއެކު އެ ގައުމުން ވަނީ މިހާތަނަށް ތިން ތަށި ހޯދާފައެވެ. މިއަހަރުގެ މުބާރާތް ކާމިޔާބުކޮށްފި ނަމަ ޔޫރޯގެ ތާރީހުގައި ސްޕެއިން ވާނީ އެންމެ ކާމިޔާބު ޓީމަށެވެ.