05 Jul 2024, 23:37
ބިޒްނަސް ވެންޗާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލޭގައި 'ޖުވެލް ހަބް'ގެ ނަމުގައި އަލަށް ގަހަނާ ފިހާރާއެއް މިރޭ ހުޅުވައިފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޙައްމަދު ވިދާޅުވީ، މި ފިހާރައިން އެނެމް ފަހުގެ މަޝްހޫރު ބްރޭންޑުތަކުގެ އޮރިޖިނަލް އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ.
މިގޮތުން، އަވިއައިނާއި ނަންބަރު އައިނު ހެދުމަށް ބޭނުން ކުރާ ބެރޭންޑެޑް ރަނާއި ޖަވާހިރުގެ ތަފާތު ގަހަނާތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުވެލް ހަބްގައި ވިއްކުމަށް ބަހައްޓާފައި ހުރި ގަހަނާތަކެއް: މި ފިހާރައިން ކަސްޓަމަރުން ބޭނުންވާ ގޮތަށް ގަހަނާތައް ވެސް ކޮށްދޭ ----- ސަން ފޮޓޯ/ ނާއިޝް ނާހިދު
މި ފިހާރަ ހުންނަނީ އޯކިޑް މަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގައި ޗަންޕާ ބިލްޑިން ގްރައުންޑް ފްލޯގައެވެ.
މި ފިހާރައިން، ކަސްޓަމަރުން ބޭނުންވާ ގޮތަށް އެކި ޑިޒައިންތަކުގެ ވެޑިން ރިންގާއި އެންގޭޖްމަންޓް ރިންގާއި ކަރުގައި އަޅާ ފަށުގެ އިތުރުން ކަންފަތުގައިލާ ތަފާތު ވައްތަރުގެ ގަހަނާ ތައްޔާރުކޮށްދޭނެއެވެ.

ޖުވެލް ހަބްގައި ވިއްކުމަށް ބަހައްޓާފައި ހުރި ގަޑިއެއް: މި ފިހާރައިން ކަސްޓަމަރުން ބޭނުންވާ ގޮތަށް ގަހަނާތައް ވެސް ކޮށްދޭ ----- ސަން ފޮޓޯ/ ނާއިޝް ނާހިދު
ހަސަން މުޙައްމަދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ތަފާތު ގައުމުތަކުން ލިބެން ހުންނަ އެކި ފެންވަރުގެ ގަހަނާ ދިވެހިންނަށް އެކަށީގެންވާ އަގެއްގައި ޖުވެލް ހަބުން ލިބެން ހުންނާނެ ކަމަށެވެ.
އަދި، ކައިރި މުސްތަގްބަލެއްގައި އިތުރު ބްރޭންޑުތައް މި ފިހާރައަށް ތައާރަފްކުރާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިންނަކީ ގަހަނާގެ ތަފާތު ވައްތަރުތަކަށް ވަރަށް ގަޔާވާ ބަޔަކަށްވާއިރު، އެއް ތަނަކުން ގަހަނާގެ ބާވަތްތައް ހެޔޮ އަގެއްގައި ލިބުމަކީ ވަރަށް އުފާވެރިކަމަކަށް ވާނެއެވެ.
އެހެންކަމުން، ގަހަނާއަށް ލޯބި ކުރާ ފަރާތްތަކަށް ޖުވެލް ހަބުން ލިބެން ހުންނަ އުފެއްދުންތައް ވަރަށް ކަމުދާނެއެވެ.