ލ. އަތޮޅުގައި ލިންކް ރޯޑުން މާންދޫއިން ގަމަށް ދަތުރުކުރަމުން ދިޔަ ކާރެއްގައި މިއަދު އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ، ލިންކް ރޯޑުން މާންދޫއިން ގަމަށް ދަތުރުކުރަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިހާރު އަލިފާން ނިއްވާލައިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ދެ ހަފުތާ ކުރިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ކައިރީ އޮތް ކާރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.