މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓު އަމުރަކާނުލާ ބަލާ ފާސްކުރެވޭގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ހޯމް މިނިސްޓްރީން ޑްރާފްޓްކޮށްފިއެވެ.

މި ބިލުގައި ވަނީ، ވަކި ސަބަބުތަކެއް ޔަޤީނާ ގާތްކުރެވޭ މިންވަރަށް، އެތަނެއްގައި ވާކަމަށް ފުލުހުންނަށް ބެލެވޭނަމަ، ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދަ ލިޔުމުން ލިބިގެން ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ އެ ތަނެއް ބަލާފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމަށެވެ.

ކޯޓު އަމުރަކާ ނުލާ ތަނެއް ބަލާ ފާސްކުރެވޭނީ އެތަނެއްގައި މަސްތުވާތަކެތި ބަންދުކުރާކަމަށް ޔަގީންވާނަމަ، އެެތަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރެއްޖެނަމަ އަދި އެތަނަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައްދާފައިވާކަމަށް ފުލުހުންނަށް ޔަގީންކުރެވޭ ނަމައެވެ.

ކޯޓު އަމުރަކާ ނުލާ މިފަދައިން ތަނެއް ބަލާފާސްކުރާ ނަމަ، އެތަނަކަށް ފުރަތަމަ ފުލުހުން ވަންނަ ވަގުތުން ފެށިގެން އެތަނެއް ބަލައިފާސްކޮށް ނިމެންދެން، އެއްވެސް މެދުކެނޑުމެއްނެތި ފެންނާނޭހެން ވީޑިއޯ ރެކޯޑް ކުރަންވާނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އަދި ބަލާފާސްކުރެވޭ ތަނަކުން ފެންނަ ތަކެތީގެ ތެރެއިން، އެހެން ޤާނޫނަކުން މާނާކުރާ އެއްޗެއް ފެނިއްޖެނަމ،ަ އެއެއްޗެއް ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ނަމަވެސް، އެނެގޭ އެއްޗަކީ އެހެން މައްސަލައެއް ސާބިތުކުރުމަށް އޮތް ހެއްކެއްކަމުގައި ނުބެލެވޭނެއެވެ.

މިފަދައިން ބަލާފާސްކުރުމުގެ ތެރެއިން ނަގާ، ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ ތަކެތިި:

  • މިޤާނޫނުގައި ކުށެއްކަމަށް ބަޔާންކުރާ ކުށެއް ސާބިތުކުރުމަށް ނެގޭ
    ހެކިތައް

  • ފަޔާ އާމްސް
  • އެކްސްޕްލޯސިވްސް

ކޯޓު އަމުރަކާ ނުލައ،ި އެތަނަކަށް ވަދެ ބަލައިފާސްކޮށްގެން އުފެދޭ މައްސަލައެއްގައ،ި އެތަނަށް ވަތް ވަނުން ބިނާކުރި ސަބަބަކީ ކޮބައިކަން ސާބިތުކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެެއް ކަމަސް ވެސް މި ބިލުގެއި ވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅަން ވެސް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.