01 Oct 2024, 18:33
މިދިޔަ އަަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތައް އިއްޔެ މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ހާމަކުރިލިސްޓުގައިރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ރިސޯޓްތައް ހިމެނެއެވެ.
ލިސްޓުގައި ހިމެނޭ ބައެއް ކުންފުނިތަކާއި ރިސޯޓްތައް:
ތްރީއޭ ޓްރޭޑިން
- އައިމާ ކޮންސްޓްރަކްޝަން
- ބިގް ފިޝް މޯލްޑިވްސް
- ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް
- ކެނަރީސް ރިސޯޓް
- ސެންޗުރިއަން ޕަބްލިކް ލިމިޓެޑް
- ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން
- ކޮރަލް އައިލެންޑް މޯލްޑިވްސް
- ޑްރިފްޓްވުޑް މޯލްޑިވްސް
- އެންސިސް
- އިކުއަޓޯރިއަލް ލައިސަންސް
ބޮޑެތި ޓެކްސް ފައިސާ ދައްކާ ކުންފުނިތަކުގެ ގޮތުގައި މިރާއިން ގިންތިކުރަނީ އަހަރެއްގެ ތެރޭ އެ ކުންފުނިތަކުގެ ޖުމުލަ އާމްދަނީއަށް 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ލިބޭނަމައެވެ.
މީގެއިތުރުން، އެ އޮތޯރިޓީގެ އުސޫލު ބުނާ ގޮތުން، މި ލިސްޓުގައި ހުރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން ޓެކްސްގެ ބަޔާން ހުށަހަޅައިފިނަމަ, އެ ލިސްޓުން އުނިކުރާނެއެވެ.
މީރާއިން އަންނަނީ، އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީއާއި ގްރީން ޓެކުހާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓު ހާމަކުރަމުންނެވެ.