Last Updated: 1 decade 3 year ago
މަރުވެފެފައިވާ އެމީހާގެ ހަށިހަނޑު އެގޭގެ ތެރެއިން ފުލުހުން ނެރެގެން ގެންގޮސްފައިވާއިރު، ތޮއިބާ މިސްކިތް ކައިރީގައި ހުންނަ އެގޭގެ ތެރޭގަ އާއި އެ ސަރަހައްދުގައި ފުލުހުން ޓީމެއްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ނެރުނު މީހާއާބެހޭ އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު އެގެއިން ނެރުނީ ކޮން ޖިންސެއްގެ މީހެއް ކަމެއް ވެސް ނޭނގެ އެވެ. ނަމަވެސް މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އެމީހާގެ މޫނު މަތީގައި ކޮންމެވެސް ޒަހަމެއް ހުރި ކަމަށް ފާހަގަވި ކަމަށެވެ.
ނަޖީބުގެ މަރުގެ ތަހުގީގު ކުރަމުން އަންނަ ފުލުހުންގެ ޓީމުގެ ފަރާތުން ފުލުސް ސުޕްރިޓެންޑެންޓް މުހައްމަދު ރިޔާޒު މިރޭ ވިދާޅުވީ ފުލުހުން މަސްރޫރާގެއަށް ވަނީ އެގޭގެ ތެރޭގައި މަރާލާފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށާއި އެގެއަށް ވަދެ ބަލަމުން ދަނިކޮށް ނަޖީބުގެ ހަށިގަނޑު ފެނުނީ ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު އަވަހާރަކޮށްލާފައި އޮއްވާ ކަމަށެވެ.
ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމަށްފަހު ފަހު ނަޖީބުގެ ހަށިގަނޑު ވައްޓާލާފައި އޮތީ އެގޭގެ އެންމެ އެތެރޭގައި ހުރި ބޮޑު ޑަސްބިނެއްގެ ތެރެއަށެވެ. ޑަސްބިންގެ ތެރޭގައި އޮތީ މޫނުގައެއް އެއްޗެއް އަޅުވާފަ އެވެ. ނަޖީބުގެ މޫނުމަތި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮތުމުން ކާކުކަން ވަކި ކުރަން ނޭނގޭ ވަރުވެފައިވާ ކަމަށް ވެސް ނަޖީބުގެ ހަށިގަނޑު ނެރުނު ވަގުތު މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.
އަވަހަރާކޮށްލުމަށް ނަޖީބަށް ދީފައިވާ ޒަހަމްތަކާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.
މަޝްހޫރު ފިލްމީ ބަތޮލާ ޝީލާ ނަޖީބާއި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޝަމްހާ އަހުމަދާއި މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ އަހުމަދުގެ ބައްޕަ ނަޖީބުގެ މަރާ ގުޅިގެން އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު މަނިކު (މަނިކު) ބުނީ އައިޖީއެމްއެޗްގައި ހުރެ މިރޭ ނަޖީބު އަވަހާރަކޮށްލާފައި ވަނީ އޭނާ ދިރިއުޅުއްވާ މ. ކެރެޓްގައި ހުންނަވަނިކޮށް އެގެއަށް ގެންގޮސްގެން ކަމަށް ބެލެވޭ ކަމަށެވެ. އެ މަަރާ ބެހޭ ގޮތުން މިވަގުތު އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
ނަޖީބުގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް މިވަގުތު ބާއްވާފައި ވަނީ އައިޖީއެމްއެޗްގައި އެވެ.
ނަޖީބު އަވަހާރަކޮލި ހަމަލައާ ގުޅިގެން މިހާރު ވަނީ އަންހެނަކާ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ފިރިހެން މީހާއަކީ ނަޖީބު މަރާލާފައި އޮތް ގޭގެ މީހެއް ކަމަށްވާ އަހުމަދު މުއްރަތު 29، އެވެ. ދެން ހައްޔަރުކޮށްފައި ވަނީ ހަމަ އެގޭގައި އުޅޭ އަންހެނެކެވެ. ސަންއަށް އެނގިފައިވާ ގޮތުގައި އެއީ މުއްރަތުގައި ލޯބިވެރިޔާ އެވެ.
ފުލުހުން ހައްޔަރުކުރި މުއްރަތަކީ ދެވަނަ ފުރަސަތުގައި ދޫކޮށްލާފައިވާ މީހެކެވެ. އަދި އޭނާއަކީ ބޮޑެތި ކުށުގެ ރިކޯޑް އޮންނަ މީހެއްގެ އިތުރުން ދެވަނަ ފުރުސަތުގައި މިދިއަ އަހަރު ދޫކޮށްލާފައި ވަނީ މިދިއަ އަހަރު އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ދެވަނަ ފުރުސަތުގެ ދޫކުރާ މީހުންގެ ކެޓަގަރީއަށް ޝަރުތު ހަމަނުވަނީ ދޫކޮށްލާފައިވާ 218 މީހުންނާއެކު އެވެ.
ނަޖީބު އަވަހާރަ ކޮށްލުމާ ގުޅިގެން އާނާގެ ބޭފުޅުން މިރޭ އައިޖީއެމްއެޗަށް ގޮސް ތިބި އިރު ވަރަށް ގިނަ ފިލްމީ ތަރީންނާއި އާންމުން ވެސް ގޮސް ތިއްބެވެ. މިއީ މިއަހަރުގެ ތެރޭގައި ހަމަލާދީ މަލި ހަތްވަނަ މީހާ އެވެ.