Last Updated:
1 decade 3 year ago

ސީދާ ކުއްލި ހަރަކާތެއްގެ ނަމުގައި އެމްޑީޕީ އިން މުޒާހަރާއެއްްކޮށްފި

    ބުލޮގު ޚުލާސާ
    "ސީދާ ކުއްލި ހަރަކާތަށް"މި ނަމުގައި އެމްޑީޕީ އިން މިއަދު ކުއްލި މުޒާހަރާކޮށްފި އެވެ.

    މިއަދު 2:00 ޖަހާއެހާކަންހާއިރު އެމްޑީޕީގެ "ސިޔާސީ މައިދާން" އުސްފަސްގަނޑުން ހިނގާލުމެއްގެ ގޮތަށް ކުރިއަށް ދިޔަ އެ ހިނގާލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ވަކިހިސާބަކުން ނަޝީދު ވަނީ ހިނގާލުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

    21:32

    "ސީދާ ކުއްލި ހަރަކާތަށް"މި ނަމުގައި އެމްޑީޕީ އިން މިއަދު ކުއްލި މުޒާހަރާކޮށްފި އެވެ.

    މިއަދު 2:00 ޖަހާއެހާކަންހާއިރު އެމްޑީޕީގެ "ސިޔާސީ މައިދާން" އުސްފަސްގަނޑުން ހިނގާލުމެއްގެ ގޮތަށް ކުރިއަށް ދިޔަ އެ ހިނގާލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ވަކިހިސާބަކުން ނަޝީދު ވަނީ ހިނގާލުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

    ހިނގާލުމުގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ގޮސް ސޯސަންމަގުން ޓްރޭޑާސް ހޮޓަލާ ހިސާބަށް ދިއުމުން ފުލުހުން ވަނީ ޝީލްޑް ޖަހައި އެ ހިސާބުން ބަންދުކޮށްފަ އެވެ. އަދި އެ ވަތުން ފެއްޓިގެން އެމްޑީޕީގެ ހިނގާލުން މުޒާހަރާއަކަށް ވަނީ ބަދަލުކޮށްފަ އެވެ.

    އެމްޑީޕީގެ އެހެން ސިޔާސީ ހަރަކާތަކަށް ވުރެ ބައި މަދުކޮށް ކުރިއަށް ދިޔަ މުޒާހަރާގައި ފުލުހުން ވަނީ އެ ހިސާބު ދޫކޮށްދިއުމަށް ތަކުރާރުކޮށް އަންގައިފަ އެވެ. ނަމަވެސް އެއްވެފައި ތިބި މީހުން ނުދިއުމުން އަމީރުއަހުމަދުމަގާއި ސޯސަންމަގާ ގުޅޭ ހިސާބަށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައިވެ އެވެ. ނަމަވެސް އެވަތު ރައްޔިތުންގެ މަޖިހީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ފުލުހުންގެ ސަފުގެ ކުރީގައިތިބެ ބާޣީއަށް ގޮވައި އަޑުއުފުއްލަވައިފަ އެވެ. މާބޮޑު ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ފުލުހުންގެ ބެރިކޭޑްތަކުގެ ކުރިއަށް ދިޔަ ފަރާތްތަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުންގެ ތެރެއިން 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

    މިއަދުގެ މުޒާހަރާ ކުރަމުން ދިޔަ ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. އަދި އޭގެތެރެއިން ބައެއް މީހުން ވަނީ ފުލުހުނާ ހުތުރު ބަހުރުވައިން މުހާތަބު ވެސް ކޮށްފަ އެވެ. އަދި މުޒާހަރާ ކުރަމުން ދިޔަ ވަގުތު ސޯސަންމަގުން ދިޔަ ދެ ސިފައިންގެ މީހަކަށާއި އެ މަގުން ސައިކަލެއްގައި ދިޔަ އަންހެނަކަށް މުޒާހަރާގެ ބައިވެރިން ވަނީ ދިމާކޮށް ބާޣީއަށް ގޮވައިފަ އެވެ. ނަމަވެސް މާބޮޑު ހަމަނުޖެހުމެއް ނުހިގަ އެވެ.

    އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްކުން މުޒާހަރާ ކުރަމުން ދިޔަ ވަގުތު ޓްރޭޑާސް ހޮޓަލުގައި އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއް ކުރިއަށް ދިޔަ އެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސްޖުމްހޫރިއްޔާގެ ނައިބް މުހައްމަދު ވަހީދުއްދީނާއި އެމެރިކާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ އޭ ބުޓެނިސް ބައިވެރިވި އެވެ.

    މިއަދު މުޒާހަރާ ނިންމާލައިފައި ވަނީ، މުޒާހަރާ ކުރި 25 ވަރަކަށް މީހުން، ޖުމްހޫރީމައިދާނަށް ވަނުމުން ފުލުހުން ފަހާލުމުންނެވެ. އޭރު ބޯކޮށް ވާރޭ ވެސް ވެހެމުން ދިޔަ އެވެ.

    17:19

    ފުލުހުންނަށް ނުކިޔަމަންތެރިވީ ބައެއް މީހުން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާއިރު އެ މީހުން ދޫކޮށް ލުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުން. އެމްޑީޕީގެ އެއްވުންތަކުގައި އާންމުކޮށް މީހުން ބައިވެރިވާ އަދަދަށް ވުރެ މިއަދު މަދު.
    17:14މަޖީދިއްޔާ ކައިރިން:

    މުޒާހަރާގަިއ މިހާރު ވާހަކަ ދައްކަވަނީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ހާމިދު އަބްދުލްޣަފޫރު. އެބޭފުޅުންގެ ވާހަކަތައް އަމާޒުކޮށްފައި ހުރީ ފުލުހުންނަށް. އާންމުންނަށް އަނިޔާވާގޮތައް ފުލުހުން އަމަލުނުކުރުމަށް އަންނަނީ އިއުތިމާޒް ކުރަމުން.