ހަތަރު މީހުން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާއި، ދެ މީހަކު ގެއްލިގެން ހޯދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ދެ މީހަކު ގެއްލިގެން ހޯދަނީ، "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން ކަމަށެވެ.

އެހެންވެ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހަތަރު މީހުން ދަތުރުކުރި އެ ބޯޓުން ދެ މީހަކު، އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެ ކުރިން، ވެސް ކޮޅުވެއްޓި ބަންޑުން ޖަހާލައި، މީހުން ގެއްލިފައި އެބަހުއްޓެވެ. އަދި، މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.