ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙްގެ ހަނދާން އާކުރަން ހަރަކާތްތަކެއް ބާއްވައިފި
ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙްގެ ހަނދާން އާކުރަން ހަރަކާތްތަކެއް ބާއްވައިފި

ޕާކިސްތާނުގެ ބާނީ މުޙައްމަދު އަލީ ޖިނާޙަށް 150 އަހަރު ފުރޭ މި އަހަރު، ޖިނާޙްގެ ހަނދާނުގައި ހަފުލާއެއް މިއަދު ބާއްވައިފިއެވެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަން ގުޅިގެން ބޭއްވި މި ހަފުލާގައިވަނީ ބަހުސްގެ އިތުރުން، މުޙައްމަދު ޢަލީ ޖިނާޙާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ހަފުލާގައި އެމްއެންޔޫގެ ދަރިވަރުންގެ އިތުރުން އާޓްސް މިނިސްޓަރު ޙީނާ ވަލީދާއި ބައެއް ގައުމުތަކުގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

11 ޖޫން 2026: މުޙައްމަދު ޢަލީ ޖިނާޙަށް 150 އަހަރުފުރޭތީ ބޭއްވި ހަފުލާ -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ޕާކިސްތާނުގެ ބާނީ އަދި އެ ގައުމުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލް މުޙައްމަދު ޢަލީ ޖިނާޙް އުފަންވެވަޑައިގަތީ ޑިސެންބަރު 25، 1876ވަނަ އަހަރު ޕާކިސްތާނުގެ ވެރިރަށް ކަރާޗީއަށެވެ. ޕާކިސްތާނު އުފެދުމުގެ ކުރިން ކަރާޗީ އޭރު އޮތީ ބްރިޓިޝް އިންޑިއާގެ ބައެއްގެ ގޮތުގައެވެ.

މުޙައްމަދު ޢަލީ ޖިނާޙްގެ ސިޔާސީ ހަޔާތުގައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އިންޑިއަން ނެޝަނަލް ކޮންގްރެސްގައި 1906ވަނަ އަހަރުން 1920ވަނަ އަހަރަށެވެ.

އޭގެ ފަހުން ޕާކިސްތާނު އުފެދުމާ ހަމައަށް 1947ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ އޯލް-އިންޑިއާ މުސްލިމް ލީގުގައި މަސައްކަތްކުރެއްވިއެވެ. އެ މުއްދަތުގައި މާރިޗު 4، 1934އިން ފެށިގެން އެ ޕާޓީ އުވައިލުމާ ހަމައަށް ޕާޓީގެ ރައީސްކަން ކުރެއްވީ ޖިނާޙެވެ.

އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޖިނާޙް އަވަހާރަވީ ސެޕްޓެންބަރު 11، 1948ގައެވެ.