ސީފުޑް އޭޝިއާ އެކްސްޕޯއިން ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވި: މިފްކޯ
ސީފުޑް އޭޝިއާ އެކްސްޕޯއިން ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވި: މިފްކޯ

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ސިންގަޕޫރުގައި ކުރިއަށްގެންދިޔަ "ސީފުޑް އެކްސްޕޯ އެޝިއާ 2026" އިން ވިޔަފާރީގެ އައު ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވި ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

ސީފުޑް އޭޝިއާ އެކްސްޕޯއިން ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވި: މިފްކޯ
ސީފުޑް އޭޝިއާ އެކްސްޕޯއިން ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވި: މިފްކޯ

ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްގެންދިޔަ މި އެކްސްޕޯއަކީ ޖެހިޖެހިގެން އެ ގައުމުގައި މި އިވެންޓް ބޭއްވި ހަތަރު ވަނަ ފަހަރުގެ އިތުރުން މިއީ މި އެކްސްޕޯގެ 14 ވަނަ އެޑިޝަނެވެ.

ސީފުޑް އޭޝިއާ އެކްސްޕޯއިން ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވި: މިފްކޯ
ސީފުޑް އޭޝިއާ އެކްސްޕޯއިން ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވި: މިފްކޯ

މިފަހަރުގެ މައުރަޒާއެކު، ސީފުޑް ޕްރޮސެސިން އިކުއިޕްމަންޓާއި ޕެކޭޖިން އީޖާދުތަކާއި އެކުއާކަލްޗަ ހައްލުތަކަށް ޚާއްޞަ "ސީފުޑް ޕްރޮސެސިން އެޝިއާ" ވެސް ކުރިއަށްދިޔައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ސިންގަޕޫރުގައި ކުރިއަށްގެންދިޔަ "ސީފުޑް އެކްސްޕޯ އެޝިއާ 2026" ގެ ތެރެއިން.. ފޮޓޯ/ ޕީއެސްއެމް

މި މައުރަޒުގެ ސަބަބުން މިފްކޯއަށް މުހިންމު މާކެޓް ރިސާޗް މަޢުލޫމާތުތަކެއް ލިބިގެންދިޔަކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ، ވާދަވެރި ގައުމުތަކުން ސީފުޑް އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އަގުތަކާއި ޕެކޭޖިން އަދި ޕްރޮމޯޝަނަލް ސްޓްރެޓެޖީތައް ގާތުން ބަލާލުމުގެ ފުރުޞަތު ލިބިގެންދިޔަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ކަނޑުމަސް ބައިނަލްއަގްވާމީ ގޮތުން އިސްތިހާރުކުރުމަށް މިފްކޯއިން ގެންގުޅޭ އުޞޫލުތައް އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީއަކަށް ވާނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސީފުޑް އެކްސްޕޯ އެޝިއާއަކީ ސަރަޙައްދުގެ އެންމެ މަތީ ފަންތީގެ ސީފުޑް ޓްރޭޑް މަންސަ ގޮތުގައި ކުރިއަރަމުން އަންނާ މައުރަޒަކަށްވާއިރު، މި އެޑިޝަންގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ ދުނިޔޭގެ ސީފުޑް މާކެޓަށް އަންނަ ބަދަލުތަކަށް ސަމާލުކަންދީގެން މުހިންމު އެކްސްޕޯޓް މާކެޓްތަކުގައި ކުންފުނީގެ ދައުރު ފުޅާކުރުމަށް އޮތް ސާބިތުކަން ކަމަށް މިފްކޯއިން ބުންޏެވެ.

މި މައުރަޒުގައި ސަރަޙައްދީ ސީފުޑް ސަޕްލަޔަރުންނާއި ރީޓޭލްޗެއިންތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަޕްލައިކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ސިންގަޕޫރުގައި ކުރިއަށްގެންދިޔަ "ސީފުޑް އެކްސްޕޯ އެޝިއާ 2026" ގެ ތެރެއިން.. ފޮޓޯ/ ޕީއެސްއެމް

މިފްކޯއިން މި މައުރަޒުގައި ބައިވެރިވީ ކަށަވަރުކުރެވިފައިވާ އެކްޓިވް ބަޔަރުންގެ ލިސްޓަކަށް ބަލައިގެން ކަމަށްވާތީ، އާންމުކޮށް ޒިޔާރަތްކުރާ މީހުންގެ ބަދަލުގައި ސީދާ ޚިދުމަތް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުޞަތު ލިބިގެންދިޔަކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ދިވެހި ކަނޑުމަސް ބައިނަލްއަގުވާމީ މާކެޓަށް އެކްސްޕޯޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އެޝިއާ ސަރަޙައްދުގެ ސީފުޑް އުފެއްދުންތައް ބާޒާރަށް ނެރެ، އިސްތިހާރުކޮށް، ވިއްކާ ގޮތް ދެނެގަތުމަށްވެސް މި އެކްސްޕޯ މުހިންމު ދައުރެއް އަދާކުރިކަމަށް މިފްކޯއިން ބުނެއެވެ.

މައުރަޒުގައި ބައިވެރިވުމަށް ކަނޑައެޅި މަގްޞަދުތައް ފުރިހަމައަށް ހާސިލްވިކަން ފާހަގަކުރަމުން މިފްކޯއިން ބުނީ، ޖަޕާން، ޗައިނާ، މެދުއިރުމަތި އަދި ސިންގަޕޫރުގެ ގަނެވިއްކާ ފަރާތްތަކަށް ދަޅު މަހާއި ޕައުޗް މަސް ސަޕްލައިކުރުމަށް އެކަށީގެންވާ ފުރުޞަތުތަކެއް ހޯދިފައިވާ ކަމަށެވެ.

މިއީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރުތަކެއް ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ސިންގަޕޫރުގައި ކުރިއަށްގެންދިޔަ "ސީފުޑް އެކްސްޕޯ އެޝިއާ 2026" ގެ ތެރެއިން.. ފޮޓޯ/ މިފްކޯ

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގެ އިގްތިޞާދީ އުފެއްދުންތެރިކަން (ޖީޑީޕީ) ދަނީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށް އިގްތިސާދީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން ދަށަށް ދިއުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އިގްތިޞާދު މާބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފައިވުމާއި ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލުން ހިމެނެއެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނި އިތުރުވެ ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ހޭދަ ކުޑަވުމާއި މޫސުމީ ބަދަލުތަކާ ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތައް ދަށަށް ގޮސް އިގްތިޞާދު ސިންދަފާތު ނުކުރެވުން ހިމެނޭކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިގްތިޞާދު ދަށަށްދިއުމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް މަދުވެ އާމްދަނީ ދަށްވުމާއި، އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އުފުލިގެންދެއެވެ. އަދި ޓެކްސް އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން އާންމު ޚިދުމަތްތަކަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރަން މަޖުބޫރުވެއެވެ.

މިކަމުގެ ސީދާ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކުރެއެވެ. އެގޮތުން އާ ރިސޯޓުތައް ހެދުމަށާއި އަޕްގްރޭޑް ކުރުމަށް ކުރާ އިންވެސްޓްމަންޓްތައް މަޑުޖެހި، ތަކެތީގެ އަގު ބޮޑުވުމުން ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ދަތިވެއެވެ.

ހަމައެއާއެކު ރިސޯޓުތަކުގެ އޮޕަރޭޓިން ޚަރަދުތައް ބޮޑުވުމުގެ ސަބަބުން، ލޯކަލް ސަޕްލައި ޗޭނުގައި ހިމެނޭ އާންމު ވިޔަފާރިތަކުގެ އާމްދަނީ ދަށަށްދެއެވެ. އަދި ދަތުރުފަތުރުގެ އަގުތައް އުފުލުމުގެ ސަބަބުން އެތެރޭގެ ރަށްތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެގެންދެއެވެ.