07 Sep 2026, 13:08
ދިރާގާއި ސަރުކާރުގެ ފެން ކުންފުނި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވިއްކައިލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން ކުރަން ނިންމެވީ ދިރާގުގެ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކުރުން ކަމަށެވެ.
އެއީ މީގެ ކުރިން އެމްޑީޕީ ސަރުކާރުން ވިއްކައިލި ހިއްސާތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ސަރުކާރުގެ ވަރަށް ބޮޑު ހަރު މުދަލެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކުރައްވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވީމާ ދިރާގުން ސަރުކާރުގެ ވިއްކައިލި ޝެއާ މެޖޯރިޓީ ކޮންޓްރޯލް 50 އިންސައްތައަށް ބޮޑުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި. މިކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ބާރު ސްޕީޑުގައި ކުރިއަށްދާނެ،ރައީސް ޑރ. މުހައްމަދު މުއިއްޒު
އިތުރު ތަފްސީލު އަންނަނީ،،،