07 Sep 2026, 17:00

ރާއްޖޭގެ ނާޒުކު ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "ނިވަ ކުރުނބާ މޯލްޑިވްސް" އިން ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.

މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި، މުވައްޒަފުން އަދި ނިވަ ކުރުނބާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ބައިވެރިވެ، އެ ރިސޯޓުގެ ފަރުތައް އާލާކުރުމަށް މުރަކަ އިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.


ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގެ ފަރުތައް އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ --- ފޮޓޯ: ބީއެމްއެލް
ނިވަ ކުރުނބާ މޯލްޑިވްސްއިން ދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ފަރުތައް އާލާކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އާއްމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެމުންނެވެ.
ބީއެމްއެލްއިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކަ އިންދުމާއި ފަރުތައް އާލާކުރުމުގެ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގެ ފަރުތައް އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ --- ފޮޓޯ: ބީއެމްއެލް
އޭގެ ތެރޭގައި ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗާ ޑިވެލޮޕްމަންޓް" އިން ހިންގި މަޝްރޫއާއި، ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" ހިމެނެއެވެ.

ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގެ ފަރުތައް އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ --- ފޮޓޯ: ބީއެމްއެލް
ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ފަރުތައް ރައްކާތެރިކުރުމަށް ބޭންކުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ.