11 Nov 2026, 14:59
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ އަޑިއަށް ގޮސްފިއެވެ.
'ސަން' އަށް މައުލޫމާތުދެމުން ޓީއެމްއޭއިން ވަނީ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެ އަޑިއަށްދާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސީޕްލޭންގެ ބައެއް އޮތީ ފެނު އަޑީގައެވެ. އަދި ލައިފް ރިންގް ގެ އެހީގައި އެ ފްލައިޓްގެ އެތެރޭގައި ތިބި މީހުން ބާލަމުންދާ މަންޒަރު ވެސް ފެނެއެވެ.
ހަމައެއާއެކު ޓީއެމްއޭގެ ގިނަ އަދަދެއްގެ ކްރޫއިންނާއި، މީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ވެސް ނުވެއެވެ.
އެހެންކަމުން ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ކަށަވަރުވެފައެއް ނުވެއެވެ.