Last Updated:
1 decade 2 year ago

ބިދޭސީ ލެބް ޓެކްނީޝަން ހައްޔަރުކޮށްފި

    ބުލޮގު ޚުލާސާ
    އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލައިގައި އިހްމާލުވި ކަމަށް ބުނާ އައިޖީއެމްއެޗް ބިދޭސީ ލެބް ޓެކްނީޝަން ހައްޔަރުކޮށްފި އެވެ.

    އޭނާ ފުލުހުންގެ ބަންދުގައި ހުރިކަން ހާމަވީ، އައިޖީއެމްއެޗުން އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލަ ތަހުގީގު ކުރާ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓިއަށް އޭނާ ހާޒިރު ކުރުމަށް އުޅުމުންނެވެ.

    މިހާރު ކުރިއަށްދާ ރައްޔިތުންގެ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އެ މީހާ ފުލުހުންގެ ބަންދުގައި ހުރި ކަމަށް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

    ނަމަވެސް އޭނާ ފުލުހުންގެ ބަންދުގައި ހުރި ކަމެއް، ފުލުހުން މީޑިއާއަކަށް އަދި ހާމައެއް ނުކުރެ އެވެ.

    17:15

    އެޗްއައިވީ ލޭ ހަނދިޔާ ކުރި މީހާއަކީ، އެ ވައިރަސް ހުރި ކަމަށް އަލަން އައިޑެންޓިފައި ކުރެވުނު ޕޭޝެންޓެއް ކަމަށް ހެލްތު މިނިސްޓްރީ ބުނެފި.
    ޑރ. ޝަކީލާ

    ލޭ ގެނައީ ބަލި މީހާގެ އާއިލާއިން. އެއީ އެތާ ބްލަޑް ބޭންކުގައި ހުރި ލެއެއް ނޫން. ހިއުމަން އެރާ ނެހެދުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް ކުރަމުން މިދަނީ.
    16:50މަޖިލީހުން

    އެޗްއައިވީ ލޭ އެޅުމުގައި އިހްމާލުވި ލެބް ޓެކްނީޝަން 2006 ގައި ކޮންމެވެސް މައްސަލަތަކެއް ދިމާވެގެން އަތޮޅު ތެރޭ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވަނިކޮށް ވަޒީފާއިން ވަކި ކުރި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި. ހިދުމަތާ ގުޅޭ ދާއިރާއިން ކަމެއް ދިމާވެގެން އޭނާ ވަޒީފާއިން ވަކިކުރީ.

    ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އޭނާ އއ. ރަސްދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވަނިކޮށް ވަޒީފާއިން ވަކިކުރި ކަމަށް ކޮމެޓިއަށް މައުލޫމާތު ލިބިފައިވާ ކަމަށް. އަދި އެތަނުގެ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އައިޖީއެމްއެޗުން އޭނާއަށް ވަޒީފާ ދިނުމަކީ މައްސަލައެއް ކަމަށް އަލީ ވަހީދު ވިދާޅުވި

    ޝަކީލާ

    މިހާ ހިސާބަށް އެފަދަ ކޭހެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝަކީލާ ވިދާޅުވި.

    އެޗްއައިވީ ޕޮޒިޓިވް ލޭ އެޅިފައިވާ އަންހެން މީހާގެ އާއިލާގެ އެއްވެސް މީހެއްގެ ގަޔަށް އެ ވައިރަސް އަރާފައިވޭތޯ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު ޝިފާޒު ސުވާލު ކުރެއްވުމުން ޝަކީލާ ވިދާޅުވީ "އެޗްއައިވީ ޕްރޮޓޮކޯލްގެ ދަށުން އެކަހަލަ އެއްވެސް ވާހަކައެއް ނުދެއްކޭނެ" ކަމަށް.

    ޕަބްލިކް ކޮންފިޑެންސް ސިއްހީ ދާއިރާއަށް އަލުން ހޯދައިދިނުމަށްޓަކައި ހުރަންޖެހޭ ކޮންމެ ކަމެއް ކަމެއް ކުރާނަން. ހިނގައިދިޔަ ކަމަކީ އެއީ "ހިއުމަން އެރާ"އެއް. މިކަމުގައި އެއްވެސް އޮޅުވާލުމެއް، އޮޅުވާލާފައެއް ނުވާނެ. މީޑިއާއަކުން ކަމެއް ހާމަކޮށްގެންނެއް ނޫން މިކަން އަޅުގަނޑުމެން ހާމަކުރީ. މިއީ ޕަބްލިކަށް އެނގެންޖެހޭ އެއްޗަކަށްވާތީ އަޅުގަނޑުމެއް ހާމަ ކުރީ.

    ޑރ. ޝަކީލާ

    އެޗްއައިވީ ލޭ އެޅުމުގައި ދިމާވި ހިތާމަވެރި ހާދިސާގެ ޒިންމާ އުފުލަން
    16:21

    ބޭރުގެ އެހީއާއެކު މެޑިކަލް އެކިއެކި އިކިއުޕްމަންޓާއި ޑޮކްޓަރުން ލިބޭނެ މަގު ތަނަވެސް ވެފައިވާ ކަމަށް ޝަކީލާ ވިދާޅުވެއްޖެ. ސިއްހީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިބާ ކުޑަ ބަޖެޓާމެދު ހެލްތު މިނިސްޓަރު ވަނީ ކޮމެޓީގައި ކަންބޮޑުވުންފާޅު ކުރައްވާފައި.
    ޑރ. ޝަކީލާ

    ހެލްތު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް، ބަޔަކު ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ "އިސްތިއުފާވެސް ދީފާނެ" ކަމަށާއި ނަމަވެސް އިސްތިއުފާ ދިނުމަކުން ""މައްސަލައެއް ހައްލެއް ނުވާނެ" ކަމަށް.
    އަޅުގަނޑު ރިޒައިން ކުރުމަކުން މައްސަލައެއް ހައްލުވީއަކީ ނޫން. އަޅުގަނޑުމެން ނުވަ ބިލިއަން ހުށަހެޅީމާ ލިބުނީ ދެ ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ލިބުނީ.
    ޑރ. ޝަކީލާ

    މިހާތަނަށް އަމަލުކޮށްފައި އޮންނާނީ އެކަމުގައި އެންމެ "ބެސްޓް" އަދި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު. އެކަންތައް ފޮރުވައިގެން ތިބުމަކީ ރަނގަޅު ކަމެއް ނޫން. ރައްޔިތުންނަށް އެނގެން އެބަޖެހޭ. އަޅުގަނޑުމެންގެ ސިއްހީ ދާއިރާއަކީ ވަރަށް ބޮޑަށް ހީނަރުވެފައި ހުރި ދާއިރާއެއް. ޒަމާނުއްސުރެ ސިއްހީ ދާއިރާއަށް އަޅާ ނުލެވިފައި އޮތީ.
    ޑރ. ޝަކީލާ

    އެޗްއައިވީ ލޭ އެޅުނު މައްސަލާގައި މައާފަށް އެދިވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައިގަންނަވާ ޝަކީލާ ވިދާޅުވެއްޖެ. އެކަމަނާ ވިދާޅުވީ އެކަން ހިނގާފައި ވަނީ ލެބޯޓަރީ މެޝިނެއްގެ މައްސަލައަކުން ނޫން ކަމަށް. ޓެކްނީޝަންގެ މައްސަލައަކުން ކަމަށް.
    ލޭ އެޅީ އަކީ ނޫން. ލޭ އެޅުނީ. މިކަން އަޅުގަނޑަށް އެނގުނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު.
    16:06

    ހެލްތު މިނިސްޓަރު ޑރ. ޝަކީލާއާއެކު ބައްދަލުވުން އަލުން ފަށައިފި. ބައްދަލުވުން މީޑިއާއަށް ވަނީ ހުޅުވާލާފައި.
    15:41މަޖިލީހުން

    ހެލްތު މިނިސްޓަރު ޑރ. ޝަކީލާ މަޖިލީހަށް ހާޒިރުވެވަޑައިގެންފި. އެޗްއައިވީ ލޭ އެޅިފައިވާ މީހާގެ އާއިލާގެ މައުލޫމާތު ހިއްސާ ކުރުމަށް ކޮމެޓީ ސިއްރުކޮށްފި. ކޮމެޓީ މީޑިއާއަށް ހުޅުވާލާނީ ދެން 4:00 ގައި.
    ޑރ. ހަބީބުމަޖިލީހުން

    އެޗްއައިވީ ލޭ އެޅިފައިވާ މީހާއަށް ސަރުކާރުން ހުރިހާ ކަމެއް ބަލަހައްޓައި ދޭނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްވާފައިވާ ކަަމަށް ހަބީބު ވިދާޅުވި.
    މި ކަމުގެ ޒިންމާ ރާއްޖޭގެ ސިއްހީ ދާއިރާގެ ހުރިހާ ބޭފުޅުން ނަގަން ޖެހޭނެ... މި މައްސަލާގައި އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ ލަފައެއް ދީފައި. ފުލުހުން ވެސް މި މައްސަލަ ދަނީ ތަހުގީގު ކުރަމުން.
    15:19ޕޮލިސް މީޑިއާ

    ލެބް ޓެކްނީޝަން ފުލުހުންގެ ބަންދުގައި ހުރި ކަމަށް ފުލުހުން ވެސް ޔަގީން ކޮށްދެއްވައިފި. ފުލުހުން ބުނީ އެޗްއައިވީ ލޭ މީހެއްގެ ގަޔަށް އެޅުމުގައި އިހްމާލުވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ހައްޔަރުކޮށްފައިވާ ކަމަށް. ނަަމަވެސް އޭނާ ހައްޔަރު ކުރި ވަގުތެއް ފުލުހުން ނުބުނި.
    15:17މަޖިލީހުން

    ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ކޮމެޓީއަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވާނީ މިއަދު ހަވީރު 3:30 ގައި. ކޮމެޓީގައި ތިއްބެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން. ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން ކޮމެޓިއަށް ވަޑައެއް ނުގަންނަވާ.
    15:11

    ލެބް ޓެކްނީޝަން ގަސްދުގައި ކުރި ކަމެއް ކަމަށް އޭނާ އެއްބަހެއް ނުވި ކަމަށް ހަބީބު ވިދާޅުވި. އޭނާ ވިދާޅުވީ މާބަނޑު އަންހެން މީހާގެ ގަޔަށް ލޭ އެޅި ދުވަހު އޭނާ ކުއްލި ގޮތަކަށް ރާއްޖޭއިން ފުލައިގެން އިންޑިއާއަށް ދިޔަ ކަމަށާއި ނަމަވެސް މިހާރު އޭނާ ހުރީ މާލޭގައި ކަމަށް. އަދި ރޭގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރި ކަމަށް މެސެޖެއް ލިބުނު ކަމަށްް ހަބީބު ވިދާޅުވި.
    15:09

    އެޗްއައިވީ ލޭ އެޅި މައްސަލާގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ކޮމެޓީއަށް ހާޒިރުކޮށް، އޭނާ ޖަވާބުދާރީ ކުރުވަން ފަށައިފި.