Last Updated:
1 decade 2 year ago

ޖާނަލިޒަމް އެވޯޑު ފަޒީނާ އާއި ނައުޝާދަށް

    ބުލޮގު ޚުލާސާ
    ތިން ކެޓަގަރީއަކުން "ޖާނަލިސްޓް އޮފް ދަ އިޔާ" ހޮވުމަށް ބާއްވާ ޖާނަލިޒަމް އެވޯޑު ދިނުމުގެ ހަފްލާ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފަށައިފި އެވެ.

    މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިސްނަގައިގެން ބާއްވާ ޖާނަލިސްޓު އޮފް ދަ އިޔާ ހޮވަނީ މިނިވަން ޕެނަލަކުންނެވެ. އެ ޕެނަލުގައި ހިމެނެނީ އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި ކުރީގެ އިންފޮމޭޝަންގެ ސްޓޭޓް މިނިސްޓަރު ތޮއްޔިބު މުހައްމަދާއި އާފަތިސް ނޫހުގެ އެޑިޓަރުކަން ކުރެއްވި އަބްދުﷲ ނައީމް އިބްރާހީމާއި މުހައްމަދު ނަޒީފާއި އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރެވެ.

    ޖާނަލިސްޓް އޮފް ދަ އިޔާ ހޮވުމުގައި މާކްސް ދިނުމުގައި ބަލަނީ އަޚްލާގީ މިންގަނޑު ހިފަހައްޓާފައިވާ މިންވަރާއި ބަހުގެ ހަމަތަކާއި މައުލޫމާތުގެ މުއްސަނދިކަމާއި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓާފައިވާ މިންވަރާއި
    ހުށަހެޅުމުގެ ފެންވަރުގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ހިމަނާފައިވާ މިންވަރަށެވެ.

    22:24

    ބޮޑުބެރު އައިޓަމަކުން ހަފްލާ ނިންމާލައިފި.

    މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ފަނޑިޔާރުންގެ ޕެނަލުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ނަޒީފު.
    ޖަޖުންގެ ޕެނަލުން ޖާނަލިސްޓު އޮފް ދަ އިޔާ ހޮއްވަވާފައި ވަނީ ވަރަށް އިންސާފުވެރިކަމާއެކު. މިތަނަން އައިއިރުވެސް އެވޯޑު ކާމިޔާބު ކުރައްވާ ބޭފުޅުންނެއް ނޭނގޭ.
    22:07

    ޓީވީ ޖާނަލިޒަމް އެވޯޑަށް ހަތް ނޫސްވެރިއަކު ކުރިމަތިލެއްވިޔަސް އެއްވެސް ނޫސްވެރިއަކު ނޮމިނޭޓުވެފައެއް ނުވޭ. ފަނޑިޔާރުން ވިދާޅުވެފައިވާ ގޮތުންނަމަ އެ އެވޯޑަށް ނޮމިނޭޓު ނުވީ އެކަށީގެންވާ ވަރަށް "މެޓީރިއަލް" ހުށަހަޅާފައި ނުވާތީ.
    21:57

    އޮންލައިން ނޫސްވެރި ކަމުން ޖާނަލިސްޓު އޮފް ދަ އިޔާ ހޯއްދެވީ ފަޒީނާ އަހުމަދު.
    21:56

    އޮންލައިން ނޫސްވެރި ކަމުގެ އެވޯޑަށް ނޮމިނޭޓުވެފައި ވަނީ ހަވީރު ނޫހުގެ ނިއުމަތުﷲ އިދުރީސް އާއި ސަން އޮންލައިގެން އަހުމަދު ސާއިލް އަލީގެ އިތުރުން ހަވީރުގެ ނޫހުގެ ފަޒީނާ އަހުމަދު.
    21:46

    އަނެއްކާވެސް މުނިފޫހިފިލުވުމުގެ އައިޓަމެއް ކުރިއަށްދަނީ. އައިޓަމް ހުށަހަޅައިދެނީ "ހަބޭސް" ބޮޑުބޮރު ގްރޫޕް
    21:41

    ރޭޑިއޯ ޖާނަލިސްޓު އޮފް ދަ އިޔާއަށް ހޮވިފައި ވަނީ އަހުމަދު ނައުޝާދު. އޭނާ މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ އަޑުގައި
    21:39

    ރޭޑިއޯ އެވޯޑަށް ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ނޮމިނޭޓްވެފައިވާ ތިން ނޫސްވެރިން އިއުލާންކޮށްފި. އެއީ ޝައުފާ ހުސައިން އާއި އަހުމަދު ނައުޝާދާއި އައިޝަތު އައްބާސް.
    21:37

    ތިން ދާއިރާގެ ޖާނަލިޒަމް އެވޯޑަށް ނަން ހުށަހަޅާފައި ވަނީ ޓީވީން ހަތް ނޫސްވެރިއެއް، ރޭޑިއޯއިން ހަތަރު ނޫސްސްވެރިއެއް. އަދި އޮންލައިން ނޫސްވެރިކަމަށް ވާދަ ކުރައްވަނީ ވެސް ހަތް ނޫސްވެރިން.

    21:30

    މިހާރު ކުރިއަށްދަނީ މުނިފޫހިފިލުވުމުގެ އައިޓަމެއް. އެ އައިޓަމް ހުށަހަޅައިދެނީ މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ.
    ފިޔެސް މޯޑު

    މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މީޑީއާ ކައުންސިލްގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު).
    މީޑިއާތަކަށް އާންމުންގެ ފަރާތުން އިންޒާރުދިނުން ފަދަ ކަންތައް ދަނީ އާންމުވަމުން. އެކަންކަން ހުއްޓުމަށް މަސައްކަތެއް ނުކުރެވޭ. އެއީ ހުރިހާ ނޫސްވެރިން ގަބޫލު ކުރާ ހަގީގަތެއް.
    21:18

    ހަފްލާ ހޯސްޓު ކުރަނީ ޓީވީއެމްގެ ސުޕޯޓްސް ޖާނަލިސްޓު ހަމްޒާ އާއި ރާއްޖެ ޓީވީގެ ޕްރެޒެންޓަރު ޒާރިފާ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ޖާނަލިޒަމް އެވޯޑު ލިބޭ ކޮންމެ ނޫސްވެރިޔަކަށް 10،000 ރުފިޔާ ލިބޭނެ.