Last Updated: 1 decade 1 year ago
* ދެ ޓީމުގެ ބައްދަލުރި މެޗްތަށް
އެންމެ ފަހުން މި ދެޓީމު ވޯލްޑް ކަޕެއްގައި ވާދަކޮށްފައި ވަނީ މީގެ އަށް އަަހަރު ކުރީން 2006 ވަަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑްކަޕް މުބާރާތުގަ އެވެ. ކާކާ ފުރަތަމަ ހާފްގެ 44 ވަނަ މިނިޓްގައި ޖެހި ލަނޑާ އެކު އެ މެޗު ބްރެޒިލުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.
މި ދެ ޓީމު 2005 ވަނަ އަހަރު ކުޅުނު މެޗް ނިމެގެން ދިޔައީ 1-1 އެއްވަރުވެގެންނެވެ.
* ބްރެޒިލް
އެންމެ ފަހުން ބްރެޒިލްގެ އަމިއްލަ ދަނޑުގައި ކުޅެގެން އެ ޓީމު ބަލިވެފައި ވަނީ 1975 ގެ ކޮޕާ އެމެރިކާ މުބާރާތުގައި ޕެރޫއަތުން 3-1 ލަނޑުންނެވެ. މިހާތަނަން ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖް ގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާ ނިމިފައި ހުރީ ބްރެޒިލް ކޮޅަށެވެ. އޭގެ ތެރެއިން ޖުމްލަ 14 މެޗް ބްރެޒިލް ކާމިޔާބުކޮށްފައިވާ އިރު ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ބްރެޒިލުން ވަނީ އެންމެ ފަހުން ކުޅުނު ނުވަމެޗުން ވަނީ 30 ގޯލްޖާހަފަ އެވެ. ބްރެޒިލް ކޮޅަށް ވަދެފަވަނީ އެންމެ 2 ގޯލް އެވެ.
އެންމެ ފަހުން އެ ޓީމު ކުޅުނު 21މެޗްގެ ތެރެއިން ބަލިވެފައި ވަނީ މިދިޔަ އޯގަސްޓަ މަހުގަ އެވެ. މިއީ ބްރެޒިލް ވޯލްޑްކަޕްގައި ވާދަކުރާ 20 ވަނަ ފަހަރެވެ. ބްރެޒިލަކީ ކޮންމެ ވޯލްޑްކަަޕެއްގަ ވާދަކުރި ހަމައެކަނި ޓީމެވެ.
ބްރެޒިލް ވަނީ މިހާތަނަށް ވޯލްޑްކަޕްގައި 67 މެޗް ކުޅެ 210 ގޯލް ޖަހަފަ އެވެ. ބްރެޒިލްގަ ވޯލްޑްކަޕްގެ 23 ކުޅުންތެރިންގެ ސްކޮޑުން ވޯލްޑްކަޕްގެ ތަޖުރިބާލިބުނު ހަ ކުޅުންތެރިން ހިމެނެ އެވެ.
ބްރެޒިލް ކުޅުނު 28 މެޗްގައި ނޭމާ ވަނީ 22 ގޯލް ޖަހާފަ އެވެ.
* ކޮރެއޭޝިޔާ
މިދިޔަ އޮކްޓޯބަރުގެ ފަހުން ބަލިނުވެ ކޮރެއޭޝިޔާ ފަސް މެޗް ހަމަކޮށްފައިވެ އެވެ. ނަމެވެސް ކޮލިފައިންގައި ފުރަތަމަ ތިން މެޗުން ވަނީ ބަލިވެފަ އެވެ.
މިހާތަނަށް އެންމެ ފަހުން ވޯލްޑްކަޕްގައި ވާދަކުރި 4 މެޗްގައި ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ވޯލްޑްކަޕެއްގެ ކޮރެޝިޔާ ގޯލެއް ވެސް ޖެހިފައި ވަނީ 2006 ވަނަ އަހަރުގެ އޮސްޓްރޭލިޔާ ވާދަކޮށް 2-2 އެއްވަރުވި މެޗެވެ.
އެންމެ ފަހުން ވޯލްޑްކަޕް ކުޅުނު ނުވަ މެޗްގެ ތެރެއިން ކޮރެއޭޝިޔާ ކުޅުންތެރިންނަށް ހަ ރަތްކާޑު ދައްކާފައިވެ އެވެ.