Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ޗައިނާއަކީ ރާއްޖޭގެ އިގްތިސާދީ އެންމެ މުހިންމު އެއްބައިވެރިޔާ: ރައީސް ޔާމީން
ބުލޮގު ޚުލާސާ
އިއްޔެ ރާއްޖެ ވަޑައިގެންނެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރަސްމީ ވާހަކަފުޅުތަކަށް ދެންމެ މާލެވަޑައިގެންފި އެވެ.
މިއީ ޗައިނާގެ އެންމެ މަތީ ވެެރިޔަކު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ޗައިނާގެ ރައީސްގެ ދަތުރުފުޅުގައި މާލެ އާއި ހުޅުމާލެ އާ ދެމެދު އަޅަން ހަމަޖެހިފައިވާ ބްރިޖުގެ އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށް މަސްދަރުތައް ބުނެ އެވެ.
12:31
ޗައިނާއަކީ ރާއްޖޭގެ އިގްތިސާދީ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށް ރައީސް ޔާމީން ވިދާޅުވި.
12:29
މި ރަސްމިއްޔާތުގައި ރާއްޖެ އާއި ޗައިނާ އާ ދެމެދު ނުވަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި
12:17
ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޖޮއިންޓް ސްޓޭޓްމަންޓް ދެއްވަން ފައްޓަވައިފި
12:05
ހުޅުމާލެ އާއި މާލެ އާ ދެމެދު ބްރިޖު އެޅުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން( އެމްއޯޔޫ) އާއި ސިޔާސީ ގުޅުން ވަރުގަދަކުރުމުގެ އެމްއޯޔޫއާއި ސިއްހީ ދާއިރާއާއި އިގުތިސާދީ ދާއިރާ އިން އެއްބާރުލުމުގެ އެމްއޯޔޫގައި ދެގައުމުން ސޮއިކޮށްފި. އަދި ހުޅުމާލެ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސާއި ލ. އަތޮޅުގެ ރަށްތައް ފާލަމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ވެސް މިއަދު ދެ ގައުމުން ސޮއިކުރި.
12:00
ޗައިނާ އާއި ރާއްޖެ އާއި ދެމެދު ރަސްމީ ބައެއް އެގްރީމަންޓްތަކުގައި ސޮއިކޮށްފި. އެ އެއްބަސްވުންތަކުގައި ހުޅުމާލެ އާއި މާލެ އާއި ދެމެދުގައި އެޅުމަށް ހަމަޖެހިފައިވާ ހުޅުމާލެ ބްރިޖް އެޅުުމުގެ އެއްބަސްވުން ހިމެނޭ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ޓުވިޓާ ފޮޓޯ ނިހާން
11:50
ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު ޗައިނާގެ ރައީސް ކުރީގެ ރައީސް މައުމޫނާއި ބައްދަލުކުރައްވައިފި
11:18
ރައީސް ޔާމީން އާއި ޗައިނާގެ ރައީސް ދެ ބޭފުޅުންގެ ވަންޓު ވަން ޓޯކްއަށް ފަހު، ދެ ގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ރަސްމީ ވާހަކަތައް ފަށައިފި.
10:27
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރައީސް އޮފީހަށް ވަޑައިގެން، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފި

ޗައިނާގެ ރައީސް، ރައީސް އޮފީހުގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ -- ފޮޓޯ ރައީސް އޮފީސް
10:23
ޗައިނާގެ ރައީސް ހަތްކޮޅުގައި ރައީސް އޮފީހަށް ވަޑައިގެންނަވަނީ

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް
10:21
ރައީސް އޮފީހަށް ވަޑައިގަތުމުގެ ކުރިން ޗައިނާގެ ރައީސް ޖުމްހޫރީ މައިދާނުގައި ވަޒީރުންނާ ސަލާމްކުރައްވަނީ

ޗައިނާގެ ރައީސް ޖުމްހޫރީ މައިދާނުގައި ވަޒީރުންނާއި ސަލާމްކުރައްވަނީ -- ފޮޓޯ ރައީސް އޮފީސް
10:19
ގާޑް އޮފް އޮނާއަށް ފަހު ޗައިނާގެ ރައީސް އާއި ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހަށް. ރައީސް އޮފީހަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަތް ކޮޅުގައި
10:15
މިހާރު ކުރިއަށްދަނީ ޗައިނާ އާއި ރާއްޖޭގެ ގައުމީ ސަލާމް
10:14
އެމްއެންޑީއެފުން ވަނީ ޗައިނާގެ ރައީސްގެ ދެކަނބަލުންނަށް 21 ބަޑީގެ ގާޑް އޮފް އޮނާއެއް އަރުވާފައި
10:12
ޗައިނާ ރައީސް އަށް މަރުހަބާ ދެންނެވުމަށް ޗައިނާ އާއި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކެއް ރައީސް ފާލަމް ކުރިމަތިން ސްކޫލް ކުދިންތަކެއް ހުށަހަޅައިދީފި

ޗައިނާގެ ރައީސްއަށް މަރުހަބާ ކިޔުމަށް ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައި އޮތް ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް
10:09
ރަސްމީ ފާލަމުގައި ޗައިނާގެ ރައީސް އަށް މަރުހަބާ ވިދާޅުވީ ރައީސް ޔާމީންގެ ދެކަނބަލުން.

ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީ ފާލަމުގައި މަރުހަބާ ދަންނަވަނީ -- ފޮޓޯ ރައީސް އޮފީސް
10:00
ޗައިނާގެ ރައީސް ޒީ ޖިންޕިންގް ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ.

ޗައިނާގެެ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް
09:57
ޗައިނާގެ ރައީސް ޒީ ޖިންޕިންގް ދަތުރުފުޅާ ގުޅިގެން ޖުމްހޫރީމައިދާން ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައި

ޗައިނާގެ ރައީސްއަށް މަރުހަބާ ކިޔުމަށް ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް
09:54
ޗައިނާގެ ރައީސް މާލެ ވަޑައިގަންނަވާ ވަގުތު މަރުހަބާ ކިޔުމަށް 4،000 އެއްހާ ސުކޫލް ދަރިވަރުންނާއި ސަރުކާރުން އިސްވެރިން ވަނީ ޖުމްހޫރީމައިދާނަށް ވަޑައިގެންފައި