Last Updated: 1 decade 10 month ago
Last Updated:
1 decade 10 month ago
ޕީޕަލްސް ކަޕް: ނިއު 0-1 ޕީޑީއާރުއެމް
މި މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓްގެ ތެރޭގައި ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް އެޓީމުގެ އެޓޭކިންއަށް ޕީޑީއާރުއެމްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
މެޗުގައި ޕީޑީއާރުއެމްގެ ފުރަތަމަ ހަމަލާވެސް އުފެއްދީ ދަގަނޑޭއެވެ. އެހެން ނަމަވެސް ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުނުވެ ދިޔައީ ގޯލް ދަނޑީގެ އަރިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މެޗުގެ ނަތީޖާ ބަދަލުކޮށް ނުލެވި އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ 15 މިނިޓްގެ ތެރޭގައި ޕީޑީއާރުއެމުން ވަނީ، ނިއުގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 64 ވަނަ މިނިޓްގައެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕީޑީއާރުއެމްގެ މުހައްމަދޫ ސުމަރޭ ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަނީ، ގޯލް ދަނޑީގައި ޖެހިފައެވެ.
ޕީޕަލްސް ކަޕްގައި މިރޭ ކުޅުނު މެޗާއެކު ކޮންމެ ޓީމެއް ވެސް އެއް މެޗު ކުޅެފައިވާއިރު، މިއަދު ހަވީކު ކުޅުނު މެޗުން ސިންގަޕޯ ލަޔަންސް އަތުން 2-1 އިން މޮޅުވެ ފައިދާ އެއް ގޯލާއެކު މާޒިޔާއަށް 3 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން މޮޅުވެ ފައިދާ އެއް ގޯލާއެކު ޕީޑީއާރުއެމްއަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ.
މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ، ނިއު އާއި ސިންގަޕޯ ލަޔަންސް އެވެ. ހަމަ އެރޭ 9:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ، ލަޔަންސާއި މާޒިޔާއެވެ.
- މުހައްމަދު ހާޝިމް
- އަލީ އަޝްފާގް (ދަގަނޑޭ)
- ޝާފިޒީ ބިން ސަޒާލީ
- ޑްރަމަނޭ ޓްރޯރޭ
- މުހައްމަދު ފައުޒީ ބިން އަބްދުލް މަޖީދު
- ތިރުމުރުގަން ވީރަން
- މުހައްމަދު އަފީފު ބިން އަމީރުއްދީން
- ކުގެބޭ އޮނޮރިއޮޑޭ
- މުހައްމަދު މުސްލިމް ބިން އަހުމަދު (ކެޕްޓަން)
- ސައިފުލް އަމަރު ބިން ސުދާރު (ގޯލް ކީޕަރު)
- މަހަމޫދު ސުމާރޭ
- ޕެޑްރޯ މަރެންކޯ (ގޯލް ކީޕަރު)
- މުހަމަދު ޝިފާން
- އަހުމަދު އަބްދުﷲ
- އައްސަދު އަލީ
- ރަފައެލް ބެޓިމް (ރަފީނިއާ)
- އެވަޓަން ސޫޒާ ސަންތޯސް
- އަކަރަމް އަބްދުލް ގަނީ
- ހަމްޒާ މުހައްމަދު
- މުހައްމަދު ރަޝީދު
- ޝާފިއު އަހުމަދު
- މުހައްމަދު އުމެއިރު (ކެޕްޓަން)