11 Apr 2015, 22:49
އައްޑޫ ސިޓީގެ މަރަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:00 އެހާކަންހާއިރު މަރަދޫ އަންހެނުންގެ މިސްކިތް ކުރިމަތީ އެކްސިޑެންޓު ހިނގާފައި ވަނީ އެ ސަރަހައްދުން ދުއްވާފައިދިޔަ ދެ ސައިލެއް ޖެހި ކަމަށެވެ.
އެ ހާދިސާގައި އެކަކު ޒަޚަމްވެފައިވާތީ އޭނާއަށް މަރަދޫ ސިއްޚީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސައިކަލް ދުއްވި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވި ނަމަވެސް އެއް ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އައްޑޫ ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި އެކަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.