14 Apr 2015, 10:34
އަންނަ ރަމަޟާންމަހު އުމްރާއަށްދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން އިތުރުކޮށްދީފިއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރަމަޟާންމަހު އުމްރާއަށްދާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މިއަހަރު އުމްރާ ދަތުރަށް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ 399،65 ރުފިޔާއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން މެންދުރު 1:00ގެ ނިޔަލަށް ފޯމާއި ފައިސާ ބަލައިގަތުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ މާކެޓިން މެނޭޖަރު ހަސަން ސިނާން ވިދާޅުވީ، އުމްރާއަށް ދިޔުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އުމްރާއަށް ދިޔުމަށް ގިނަ ބަޔަކު ހުށަހަޅަމުންދާތީ އާއި އަދި މުއްދަތު އިތުރުކޮށްދިނުމަށް ވެސް އެކި ފަރާތްތަކުން އެދެމުންދާތީ ކަމަށެވެ.